March 15, 2026
Advertisement
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް / ސޯޝަލް މީޑިއާ

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 240,000އަށް އަރައިފި

Hussain Nawaf
ހުސައިން ނަވާފް
Feb 4, 2025, 08:17 PM

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 240,000އަށް އަރައިފިއެވެ.


ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓްގައިވާ ގޮތުގައި މަަތިން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 240،663 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން ނެވެ. މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 17.2 އިންސައްތަ އަކީ ޗައިނާ އިން ރާއްޖެ އައި ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ ރަޝިއާ އާއި އިޓާލީންނެވެ. ރަޝިއާއިން އަންނަ ފަތުރުވެރިންގެ މާކެޓުގެ ހިއްސާއަކީ މިހާރު 10 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިޓަލީން ހިއްސާކުރަނީ 9.4 އިންސައްތައެވެ.

Advertisement
ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓް 3 ފެބްރުއަރީ 2025ގައި
ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓް 3 ފެބްރުއަރީ 2025ގައި
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved