މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދަރިކަލުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިއްކާލިކަމަށް ތުހުމަތު ކުރާ މައުލޫމާތާއީ ގުޅުވައި އިންޑިއާ އިން ރާއްޖޭ އަށް އިންޒާރެއް ދީފިއެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ރަންދީރު ޖައިޝްވާލް އާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ރާއްޖެއިން ޗައިނާ އަދި ތުރުކީ އާއި އެކު ހަދާފައި ވާ ފްރީ ޓްރޭޑް އެގްރީމަންޓްތަކަކީ އެކަމުގެ ސަބަބުން ދުރު ރާސްތާގައި ރާއްޖޭގެ އާމްދަނީ ދަށަށް ދާނެ ކަމެއް ކަމަށާއި އެއީ އިންޑިއާ އިން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އެގޮތުން ޗައިނާ އަދި ތުރުކީގެ އެއްބަސްވުމާއި މެދު ސަމާލުވުމަށް އިންޑިއާ އިން ރާއްޖެއަށްވަނީ އަންގާފައެވެ.
އެއާއިއެކު ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ސަބަބުން އަސަރު ކުރާ އިރު ސަރަހައްދީ އިގްތިސޯދަށް ވެސް އަސަރު ކުރާނެ ކަމަށާއި އެހެން ކަމުން ރާއްޖެ އާއި މެދު އިންޑިއާއިން އަމަލު ކުރާނެ ގޮތުގެ ސިޔާސަތުތައް އެކުލަވާލާއެކު އެކަމަށް ވިސްނުން ގެންގުޅޭނެ ކަމަށްވެސް އިންޑިއާގެ ހާރިޖީ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއިން ޗައިނާ އާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދީ 2018 ގައެވެ. އެ އެއްބަސްވުމަށް މިއަހަރު ފެށުމާއެކު ވަނީ އަމަލުކުރަން ފަށާފައެވެ. އެގޮތުން ތުރުކީ އާއި އެކު ފްރީ ޓްރޭޑް އެގްރީމަންޓް ހަދައިފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުކަން ފާހަގަކޮށްލެވެއެވެ.