

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމު ފަލާހު، ރައީސް އަބްދުﷲ ޔާމީނާ ގުޅުވާ ދެއްކެވި ވާހަކަތަކަށް ކުރިގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފިއެވެ.
ފަލާހު ވަނީ ރައީސް ޔާމީންއަކީ ޚިޔާނާތްތެރިއެއްގެ ގޮތުގައި ސިފަކޮށް އަވަސް ގޮތެއްގައި އެމަނިކުފާނާ އިންސާފު އަރާ ހަމަކުރާނެ ބުނެ ވާހަކަ ދައްކާފައެވެ.
ފަލާހުގެ މި ވާހަކަތަކަށް ރައްދު ދެއްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެމްބަރު ފަލާޙު އަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ޗާބީ ދީފައި ނެރެފައި ހުރި ލިޔަން ކިޔަން ނުދަންނަ ދިވެހި މުޖްތަމަޢަށް ހުރި ހުތުރެއް ކަމަށެވެ.
ފަލާހުއަކީ އޭނާގެ ތާރީޚުގައި ހުތުރުވިހާ ތުހުމަތެއް އޮތް މީހެއްކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ އޭނާއަކީ އާދޭސް ކުރަމުން ޕީޕީއެމަށް ސަލާން ޖަހަން އައި އަޚްލާގު ހުތުރު މީހެއްކަމަށްވެސް ވިދާޅުވެފައެވެ.
މެމްބަރު ފަލާޙު މިއީ @MMuizzu މުއިއްޒު ޗާބީ ދީފައި ނެރެފައި ހުރި ލިޔަން ކިޔަން ނުދަންނަ ދިވެހި މުޖްތަމަޢަށް ހުރި ހުތުރެއް.
— Mohamed Jameel Ahmed (@MJameelAhmed) February 3, 2025
ބޮޓޭކޯގެ އުފެއްދުންތެރިޔާ!
ހުތުރުވިހާ ތުހުމަތެއް އޮތް މީހެއް!
އިއްޔެ އާދޭސް ކުރަމުން ޕީޕީއެމަށް ސަލާން ޖަހަން އައި އަޚްލާގު ހުތުރު މީހެއް!
މީނައަތަށް… pic.twitter.com/nYBFtr2f8z
މީގެ އިތުރުން މިއަދު ފައިސާ ފޮތްޗެއް ފަލާހުގެ އަތަށް އެރީމުން، މިހުރީ ޢިއްޒަތާ ތަޢްލީމުވެސް ލިބިފައޭ ފަލާހުއަށް ހީކުރެވުނަސް އެފަދަ މީހުންގެ ބުރަދަނެއް ނެތް ހުސް އަނގަ އެއީ ތަޢްލީމީ ދިވެހިން އެންމެ އެމީހުންދެކެ ނަފުރަތު ކުރާ ސަބަބު ކަމަށް ވެސް ޑރ ޖަމީލު ވަނީ ހާމަކުރައްވާފައެވެ.