

ރައީސް އަބްދުﷲ ޔާމީން ނުހައްގުން ޖަލުގައި ނިމިދިޔަ ސަރުކާރުން ބަހައްޓަފއި ހުރި ދުވަސްވަރު އެމަނިކުފާނުގެ ހައްގުގައި މަގުމައްޗަށް ނިކުމެ އިހުތިޖާޖުކުރި އަންހެނުން ތިބި އިއްދައިން ކެނޑިފައި ކަމަށް ބުނެ ޕީއެންސީގެ އެކްޓިވިސްޓެއް ފުރައްސާރަކޮށްފިއެވެ.
އަންހެނުންނަކީ ކަރާމާތާ ނުހަނު އިހުތިރާމު ދީނުގައި ލިބިގެންވާ ބަޔަކަށް ވާއިރު، މި ސަރުކާރަކީ އަންހެނުން ބާރުވެރިކުރުވަ އަންހެނުންގެ ހައްގުތައް ހިމަޔާތްކުރާނެ ސަރުކާރެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސޯޝަލް މީޑިޔަ ބޮޓެއް ކަމަށްވާ އަދި އެމްޕީއެލްގައިވެސް ސިޔާސީ މަގާމެއްގައި ހުރި އަހުމަދު ރަޝީދު (ގައުމީ ލެ) ވަނީ ޕީޕީއެމްގައި ތިބި އަންހެނުންނަށް ކުޑައި މީސްވާ ގޮތަށް ޕޯސްޓުކޮށްފައެވެ.
އެގޮތުން އެމްޑީޕީއިން 31 ޖަނަވަރީގައި ބޭއްވި އެއްވުމަށް ސަރުކާރުން ހުރަސް ނާޅާ ކަމަށް ބުނެ މެޑަލް ޖަހަމުން ސަނާ ކިޔަމުން އޭނާ ކުރި ފޭސްބުކް ޕޯސްޓުގައި ބުނެފައިވަނީ " ހިންނަވަރު އިބޫ ޗޯރުގެ ވެރިކަންކުރީ ޕީޕީއެމްގެ އިއްދައިން ކެނޑިފަތިބި 6 ކެނަ މަގެއްގެ މައްޗަށް ނުކުތަނުދީ ހިސޯރުކޮށްގެން ދެދޮރު ބަންދު ކޮށްގެންތިބެ،
މިއަދު ކޮން ޑިމޮކްރަސީއެކޭ ކިޔާކަށް" މިހެންނެވެ.
އޭނާގެ ޕޯސްޓުގައި "އިއްދައިން ކެނޑިފައި ތިބި 6 ކެނަ" މިހެން ބޭނުންކޮށްފައިވަނި ރައީސް ޔާމީންގެ ހައްގުގައި އަޑު އުފުލަން މަގު މައްޗަށް ނުކުތް އަންހެން ވެރިންނަށް ކަމަށްވާއިރު އޭގެ ތެރޭގައި އިސް ރަސްވެހިންވެސް ހިިމެނެއެވެ.
އެހެންކަމުން އެ ބުނާ ހަ ކެނައިގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން އަހުމަދު ރަޝީދުއާ އޭނާގެ އަންހެނުން، އައިމިނަތު ނާސިހާ ވެސް ތިބިއިރު އަންހެނުންނަށް ފުރައްސާރަކޮށް ކުޑައި މީސް ބަސް ރައްދުކުރުމުން ގިނަ ބަޔަކު ގެންދަނީ އެކަމާ ނުުރުހުން ފާޅުކުރަމުންނެވެ. އަދި އަންހެނުންގެ ހައްގުގައި މި ސަރުކާރުން އެންމެ ބޮޑަށް އަޑު އުފުލަމުންދާ މަރިޔަމް ޝިއުނާއާ މަލްޝާ ޝަރީފު ވެސް ކޮބައިތޯ އަހާ ގިނަ ބަޔަކު ވަނީ ނުރުހުން އަމާޒުކޮށްފައެވެ.