March 15, 2026
Advertisement
އިނގުރައިދޫއަށް ވަނީ ރަށް ގިރުމުގެ މައްސަލަ ދިމާވެފައި
އިނގުރައިދޫއަށް ވަނީ ރަށް ގިރުމުގެ މައްސަލަ ދިމާވެފައި / ތޭރަގްރެފިކްސް

އިނގުރައިދޫ ރައްޔިތުންގެ އަޑު ސަރުކާރަކަށް ނީވޭ، މެމްބަރު އުޅުއްވަނީ ގޮނޑީގެ ދިފާއުގައި ހުސް އަނގަތަޅަމުން!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 4, 2025, 11:19 PM
މާލެ ސިޓީ

ރ އިނގުރައިދޫއަށް މި ވަގުތު ދިމާވެފަިއވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށް ގިރުމުގެ މައްސަލަ ނަމަވެސް ސަރުކާރުން އެކަމާ އަޅާނުލާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

އެގޮތުން އެ ކަން ހިއްސާކޮށް އިނގުރައިދޫއިން "ތޭރަ އޮންލައިން"އަށް މައުލޫމާތު ދިން މީހާ ބުނެފައިވަނީ ރަށްގިރުމުގެ މައްސަލަ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް ރިޕޯޓް ކުރަމުން ދާތާ އެތަކެއް އަހަރުތަކެއް ވެއްޖެ ކަމަށާ މިހާރު އާންމުންގެ ގެދޮރަށް އެތައް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށެވެ.

ޚާއްސަކޮށް އިރުވައި މޫސުމުގައި އުދަ އަރާ ރާޅުތައް ގޭގެއައް ވަންނަ ދަރަޖައަށް ގޮސްފައިވާއިރު މިކަމަށް އެއްވެސް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ވެސް އެމީހާ ވަނީ މައުލޫމާތު ދެއްވާފައެވެ.

މިކަމާ ގުޅިގެން އިނގުރައިދޫ ކައުންސިލްގެ ބަހެއް ހޮދާލުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެފައިވާއިރު އީޕީއޭގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ގޭގެއަށް ރާޅު ވަދެ ރައްޔިތުންގެ ގެދޮރު ހަލާކުވެ އަގު ބޮޑެތި މުދާވެސް ހަލާކުވަމުންދާއިރު ދާއިރާ ތަމްސީލު ކުރައްވަން ހުންނެވީ ސަރުކާރު ނިސްބަތްވާ ޕާޓީގެ ބޭފުޅެކެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމު ފަލާހުގެ ދާއިރާގައި އިނގުރައިދޫ ހިމެނޭއިރު މިކަމަށް ފަލާހު މަސައްކަތްނުކުރާ ސަބަބާ މެދު ސުވާލުއުފެދެއެވެ.

ދާއިރާ ރައްޔިތުން ހާލުގައި ތިބިއިރު ފަލާހު ގެންދަވަނީ ނަމަވެސް މަޖިލިސް ގޮނޑީގެ ދިފާއުގައި ސިޔާސީ ޕޯޑިއަމްތަކުގައި ނުހަނު އަޑު ހަރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved