ވައްޑެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ރައީސް މުއިއްޒު ވަނީ ބޮޑު ތަނުން ދިވެހީންނަށް ބޭވަފާތެރިވެފައި: ވައްޑެ
Mariyam Isaadha
މަރިޔަމް އިސާދާ
04 ފެބްރުއަރީ 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވައުދަށް ކަމޭ ނުހިތާ ބޮޑުތަނުން ދިވެހީންނަށް ބޭވަފާތެރި ވެފައިވާ ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދައިން ވިދާޅުވީ، "ޗެނަލް13"ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ހަމަކުރި ގޮތުގައި ރައީސް މުއިއްޒަކީ އެމަނިކުފާނު ނަގާ ބޮންތިއަށް އަރުވާ ދިން ރައްޔިތުން މަތިން ދާދި އަވަހަށް ހަނދާން ނެތުނު ވެރިއެއް ކަމަށާ ރައީސް މުއިއްޒު އަކީ ގާތް މީހުންނަށާ ރައްޔިތުންނަށްވެސް އިހުސާންތެރި ބޭފުޅެއް ނޫން ކަމަށެވެ.

ވައްޑެ ވިދާޅުވީ، އެމްޑީޕީއިން ރާއްޖޭގައި ތިން ބާރު އެއްކޮށްފައި އޮތް މަސްހުނި ނިޒާމެއްގެ ވެރިކަން ކުރަމުން އައި އައުން ނިމުމަކަށް ގެންނަން ރައްޔިތުން ވޯޓުދީގެން ގެނައި ސަރުކާރަކަށް މި ސަރުކާރު ވާއިރު، ރައީސް މުއިއްޒުގެ ކިބައިން ވެސް ފެނިގެން ދަނީ ތިންބާރު މުށުތެރެަށް ލާ ހުރިހާ ބާރެއްގައި ހިއްޕަވާ ދައްމަވަމުން ގެންދަވާ މަންޒަރު ކަމަށެވެ. އެގޮތުން ވެރިކަމަށް އެރި ގޮތަށް އަރާ މަޖިޅިހުގެ 13 މެމްބަރަކު ގަނެ ރަސް މާލެ ޕްރޮޖެކްޓުވެސް މާލިއްޔަތު ގާނޫނާ ޚިލާފަށް ހިންގަވަން ފެށި ފެށުން ވައްޑެ ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެގެން އެންމެ ފުރަތަމަ ހިންގެވި މަޝްރޫއަކީ ރަސްމާލެ ޕްރޮޖެކްޓު. އޭރު އޮންނާނީ އެމްޑީޕީގެ ސުޕްރ މެޖޯރިޓީ މަޖިލީހެއް. އެމްޑީޕީގެ 12 މެމްބަރުން މިއަދު މިއެނގެނީ 12 މެމބްަރުން ގަނެގެން މުއިއްޒު މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގި މަޝްރޫއެއް. މިކިޔަނީ ތިން ބާރު މަސްހުނިކުރަން މުއިއްޒު ކުރި މަސައްކަތުގެ ވާހަކަ. އެ ޕްރޮޖެކްޓުންނެގި ފައިސާއިން މަޖިލީހުގެ ސުޕަރ މެޖޯރިޓި ނަގައިގެން މިއަދު އަނެއްކާވެސް ތިން ބާރު މަސްހުނިކޮށްގެން ވެރިކަމެއް މި ހިންގަނީ. މިއަދު އެއީ އަބްދުއްރަހީމު ފައިސަލޭ. މާދަމާ އެ ނުވާނެބާއޭ އަބްދުއްރަހީމަށް. އެހެންވީމަ އަޅުގަޑު ދެކޭ ގޮތުގައި މިއަދު މުއިއްޒު މިހުރީ ރައީސް މުއިއްޒާ ދިވެހިން ހަވާލުކުރި ޒިންމާއަށް ބޮޑު ތަނުން ބޭވަފާތެރިވެފައި.

- ވައްޑެ

ވައްޑެ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ވެގެން ދިޔައިރު ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް ކޮށްނުދެއްވާ ހުންނަވާ މިހާރު އަތޮޅު ތެރެއަށް ވަޑައިގެން، ކަންކަން ކޮށްނުުދެއްވެނީ މާލީ ހާލަތު ހުރި ގޮތުން ކަމަށް ވިދާޅުވާއިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވިއިރުވެސް އަދި ޓްރާންސިޝަން މުއްދަތުގައި ވެސް އިދާރާތަކުން ވަކިވަކިން އެއްކުރި މައުލޫމާތުން ގައުމުގެ ހާލަތު ނިކަން ރަގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved