ރައީސް ޑރ މުހައްމަދު މުއިއްޒަކީ ވެރިކަމުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ވެރިކަން އުޅުއްވާ ބޭފުޅެއް ކަަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާ މެދު ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވަނީ އެމްޑީޕީއިން ބޭއްވި ބޮޑު އެއްވުމަށް ސަރުކާރުން ހުރަސް ނާޅާ ޖާގަ ދެއްވާ ޑިމޮކްރެސީގެ ރީތި މިސާލު ދެއްކިކަމަށް ސަރުކާރު ހިންގާ ޕާޓީގެ ބޮޓުން ދައްކަމުން ގެންދާ ވާހަކަތަކަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން އެމްޑިޕިއިން ކަންކުރި އުސޫލުން އެއްވުންތަަކށް ހުރަސް، މި ސަރުކާރުން ނާޅާނެ ކަމަށް ބުނައިރު، މި ސަރުކާރުގެ ވެރިންނަށާ އަދި ސޯޝަލް މީޑިޔާ ބޮޓުންނަށް، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގެއްކަން ނޭނގެނީތޯ ރައީސް ޔާމީން ސުވާލު ކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ މަޖިލިސް މެމްބަރުންވެސް ރައްޔިތުންގެ ހައްގުތަކަށް ވުރެ ރައީސުލްޖުމްހުރިއްޔާގެ މަސްލަހަތު އިސްކުރައްވާކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
އެމްޑީޕީގެ ވެރިކަމުގައި ޓޮލަރެންސް އެއް ނެތް. އެކަމަކު މި ސަރުކާރުގައި ޓޮަލަރެންސް އޮތްކަމަށް ބޮޓުންނާ މީހުން ދައްކާއިރު މި މީހުންނަށް ނޭނގެނީތޯ މިއީ އަސާސީ ހައްގެކޭ. މިއީ ވެރިކަމުގެ ދީލަތިކަމުން ދޭ އެއްޗެއް ނޫނޭ. ޓޮލަރެންސްގެ ވާހަކަ ދައްކާ އިރު އެއް ފަހަރުވެސް ކެރޭނެތޯ ޕީއެންއެފް އުފެއްދި ޖަލްސާއަށް ޖެއްސި ދަންތުރަ. ޖެއްސި ބަލާވެރިކަން މި މީހުން ޚިޔާލަކަށް ނާދޭ. މިހާރު ވެރިކަމުގައި ހުރި ޝެހެން ޝާހެއްކަން އަޅުގަޑަށް އެނގޭ. އެއީ ހުރިހާ ބާރެއް މުށު ތެރެއަށް ނެގީ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައްޔިތުންނާ މެދު ބޮޑު ތަނުން ސަރުކާރުން އިހުމާލުވަމުންދާ ކަމަށާ އެކަމުގެ އެއް ހެއްކަކީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ޕީއެންސީ މެމްބަރުންގެ އެއްވެސް ދާއިރާއަކަށް ޕީއެސްއައިޕީ އެންމެ މަޝްރޫއެއްވެސް ހިމަނާފައިނުވާ ނުވުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.