ރައީސް މުއިއްޒު, އަބްދުއްރަހީމު އާ ނައިބު ރައީސް އާ އެކު / ރައީސް އޮފިސް
ހަބަރު
ރިޔާސީ ބަޔާން އިއްވުން މާދަމާ، ރިޔާސަތުގައި އަބްދުއްރަހީމް
Mariyam Isaadha
މަރިޔަމް އިސާދާ
05 ފެބްރުއަރީ 2025
މާލެ ސިޓީ

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އޮންނާނީ ބުރާސްފަތި ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

މަޖިލީހުން ހާމަކޮށްފައިވާ ގޮތުގައި ރިޔާސީ ބަޔާނުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާ ޖަލްސާ ފަށާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައެވެ.

މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވި ދުވަސް ސަރުކާރު ބަންދު ނުކުރި ނަމަވެސް ރައީސް އޮފީހުން ވަނީ އެކަން ވެސް އުނބަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މަޖިލީހުން މިގޮތަށް މިއަދު ހާމަކުރި އިރު، ރައީސް މުއިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި ރައީސް ވަނީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރައްވާފަ އެވެ. އެކަމާއި ގުޅިގެން އަބްދުއްރަހީމް ވަނީ ރައީސްއާ އެކު އޮތް ގުޅުން ގޯސްވެފައިވާކަން މީޑިއާގައި ހާމަކުރައްވާފައެވެ.

އަބްދުއްރަހީމު އާ ގަތް ގުޅުން އޮންނަ މީހުން މަގާމުތަކުން ވަކިކުރަމުން ދައިރު ޕީއެންސީ އޮފީހުގައި ހުންނަ އެނާގެ ކެބިންގެ ތަޅުވެސް ބަދަލުކޮށް އޭނާ ވަނީ ޕާޓީ އާ ފެޔަށް ޖައްސާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved