April 25, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހުވަޔަކީ އިތުބާރެއް ނެތް އެއްޗަކަށް ހަދައިފި: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 5, 2025, 06:45 PM
މާލެ ސިޓީ

ރައީސުލް ޖުމްހޫރިއްޔާގެ މަގާމާއި ހުވަޔަކީ އިތުބާރެއް ނެތް އެއްޗަކަށް، ރައިސް ޑރ މުހައްމަދު މުއިއްޒު ހައްދަވައިފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމެއްގެ ހައިސިއްޔަތުން މިއަދު ގެއްލުނު އެންމެ އަގު ބޮޑު، އެންމެ ފޫނުބެއްދޭ، އެންމެ އަގު ނުކުރެވޭ ގެއްލުމަކީ ވެރިމީހާގެ އަގެއް ނެތުމާ އިތުބާރެއް ނެތުމުގެ އިތުރުން ބަރޯސާއެއް ނެތް ވަޢުދުތައްކަމަށެވެ.

މިއަދުގެ ޙަގީގަތަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލް ޖުމްހޫރިއްޔާގެ މަގާމާއި ހުވަޔަކީ އިތުބާރެއް ނެތް އެއްޗަކަށް ހަދައިފިކަން ކަމަށް ވިދާޅުވެ ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ބާޒާރުމަތީގައި އާންމު މީހާވެސް ބަހުގެ އިތުބާރު ހިފަހައްޓާ ކަމަށާ ނަމަވެސް ރައީސް މުއިއްޒު ދައްކަވަނީ ހުސް ވާހަކަ ކަމަށެވެ.

ރައީސް މުއިއްޒުގެ އަމަލުތައް ބައްޓަން ކުރައްވަނީ އަތުގެ އިޝާރާތްތަކުން އޮތޯރިޓީ އޮތްކަން ތަމްސީލު ކުރައްވަމުން ކަމަށާ ނަމަވެސް ނަފްސާނީ ޢިލްމުވެރިން މާނަ ކުރާ ގޮތުގައި ރައީސް މުއިއްޒު ދުލުން ދައްކާ ވާހަކައާ ހިތުގެ އޮތް އެއްޗަކާ ތަފާތު ކަމަށް ކަން ވެސް ޑރ ޖަމީލުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ވާހަކަ ދައްކަވާއިރުވެސް ނިޔަތް އޮތީ އޮޅުވާލުމުގެ ތެރެއިން ކަމަށާ ރައްޔިތުންނަކީ ކޮންމެ ވަގުތަކު އާ ވާހަކައެއް ދައްކާ ނިކަމެތިކޮށް ހެދިޔަސް އިތުރު ގޮތެއް އޮތް ބައެއް ނޫންކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އޮންނަ ހަމައެކަނި ޗޮއިސްއަކީ އަޑު އަހަން ތިބުން ކަމަށް ރައިސް މީހާ ގަބޫލުކުރާ ކަމަށާ އެއީ ހިތާމައާއެކު ރައީސް މުއިއްޒުގެ ފަލްސަފާ އޮތްގޮތް ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved