ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން
ސިޔާސީ
މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ކުރީ ޒަމާނުގައި ކިޔައި ފަދަ ހިޔާލީ ވާހަކައެއް: މަލީހު
Hussain Nawaf
ހުސައިން ނަވާފް
06 ފެބްރުއަރީ 2025

ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ކުރީ ޒަމާނުގައި ކިޔައި ފަދަ ހިޔާލީ ވާހަކައެއް ގޮތުގައި ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްެޖެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ވެރިކަމަށް ވަޑައިގެން އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަ ކޮށް ނުދެއްވާ ރައީސް މުހައްމަދު މުއިއްޒުގެ ދެވަނަ ރިޔާސީ ބަޔާނެއް މިއަދު ހެނދުނު ވަނީ އިއްވާފައެވެ.

އެކަމާއި ގުޅިގެން ރައީސްގެ ރިޔާސީ ބަޔާނަށް މަލީހުވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެއީ ކުރީ ޒަމާނުގައި ދައްކާ ހިޔާލީ ވާހަކަ ތަކެއްކަމަށް މަލީހުވަނީ ވިދާޅުވެފައިވެފައެވެ.

އެއީ މުޅިންވެސް ހިޔާލީ ފޮލާކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ޓީމަކީ ވަރަށް ވާނުވާ ނޭނގޭ ކުޅޭ ކުޅޭ ޓީމެއްކަމަށް މަލީހުވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved