theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހައްޖަށް ގޮސް ތިބި ދިވެހީން / ސޯޝަލް މީޑިއާ
ހަބަރު
ޙައްޖު ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ކުރާ ސްކޭމް ކޯލުތަކަށް ސަމާލުވާން އިލްތިމާސްކޮށްފި
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
10 ފެބްރުއަރީ 2024
މާލެ ސިޓީ

މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ފައިސާ ޖަމާކުރުމަށް އެދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރާ ފޯން ކޯލުތަކަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ނަމުގައި ފަހަކަށް އައިސް ޙައްޖާއި ގުޅުވާގެން ސްކޭމް ކޯލުތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ ކޯލުތަކުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރުކުރުމަށްޓަކައި ފައިސާ ޖަމާކުރުމަށް އެދެމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އެ ކޯލްތަކުގައި އެދެމުންދަނީ، ފައިސާ ޖަމާކުރުމަށް ކަމަށާއި، އެދެނީ އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އަމިއްލަ ފަރުދެއްގެ އެއްވެސް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ޙައްޖު ކޯޕަރޭޝަނުން ނާންގާނެކަމަށްވެސް، އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

<blockquote class="twitter-tweet" data-media-max-width="560"><p lang="dv" dir="rtl">މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ މި ކޯޕަރޭޝަންގެ ނަމުގައި ކުރަމުން ދާ ފޯންކޯލްތަކަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރަން! <a href="https://t.co/Q0uLLzcjTm">pic.twitter.com/Q0uLLzcjTm</a></p>&mdash; Maldives Hajj Corporation Limited (@Hajjcorporation) <a href="https://twitter.com/Hajjcorporation/status/1756262712173322252?ref_src=twsrc%5Etfw">February 10, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

މި ފަހަކަށް އައިސް ބީއެމްއެލްއާއި އެޗްޑީސީ ފަދަ ތަންތަނުގެ ނަމުގައި އޯޓީޕީ ހޯދުމަށް ވެސް ބައެއް ފަރާތްތަކަށް މެސެޖުތައް ފޮނުވަމުންދެއެވެ.

އެފަދަ އޮޅުވާލުންތަކުގެ ޒަރިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތު ހޯދުމާއި ފައިސާ ހޯދުމަށް ފޯނުން ގުޅުމާއި މެސެޖުކުރުން ވެސް ވަނީ ޢާންމުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved