theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޑރ މުއިއްޒު ވެރިކަމާއި ހަވާލުވެ ވީ ވައުދުތައް ހަނދައިން ނެތުމުން ޑރ ޖަމީލް ފާޑުވިދާޅުވެއްޖެ!
Hussain Nawaf
ހުސައިން ނަވާފް
08 ފެބްރުއަރީ 2025

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވީ ވައުދުތަކުގެ މަތީން ހަނދައިން ނެތުމުން އެކަމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް ރައީސް މުއިއްޒަށް ފާޑު ކިޔާފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޗެނަލް13 އިން ގެނެސްދިން ވީޑިއޯއެއް އެޓެޗް ކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އެ ވީޑިއޯ އިން ފެންނަ ޑރ މުއިއްޒާއި އޭރު ވީ ވައުދުތައް މިއަދު ކޮބައިތޯވަނީ ޑރ ޖަމީލް ސުވާލު އުފައްދަވާފައެވެ. އެގޮތުން މި ވަރު ކަމެއްގައި ދޮގު ހަދައިފައި ހުރި ވެރިޔަކު ގާތިލަކަށް ވުރެ ނުބައިކަމަށް ޑރ ޖަމީލްވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ރައީސް ޑރ މުއިއްޒު މާތް الله ތަޢާލާއަށް ބިރުނުގަނޭތޯ ސުވާލު އުފައްދަވާ އިންސާފު މުއިއްޒާއި އަރައި ހަމަ ކުރާނެކަމަށް ޑރ ޖަމީލްވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved