May 19, 2026
Advertisement
ހެލްމެޓް އެޅުން ވެސް ކުށަކަށް ވަނީ
ހެލްމެޓް އެޅުން ވެސް ކުށަކަށް ވަނީ / ޕޮލިސް

ހެލެމެޓް އެޅުން ވެސް "ކުށަކަށް" ވެދާނެ މޭރުމަކުން ސަރުކާރުން ވާހަކަ ދައްކައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 10, 2025, 04:55 PM
މާލެ ސިޓީ

ގާނޫނާއި ގަވާއިދުތަކުން ލާޒިމް ކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވާނެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ރޭ ދީފި އެވެ.

Advertisement

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން އުޅޭކަމަށް އެ ހިދުމަތަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.

އެ ފިޔަވަޅު އަޅަން ބުނިގޮތުގައި، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމް ނޫން ސަރަހައްދުތަކުގައި، ކާކުކަން "ވަންހަނާކޮށް" ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަން މިހާރަކަށް އައިސް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފަ އެވެ.

އެފަދަ މީހުން ވިޔަފާރިކުރާ ތަންތަނާއި އެކިއެކި ހިދުމަތް ދޭ ތަންތަނަށް ވަދެ އުޅޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގަވާއިދުގައިވާ ގޮތުން އުޅަނދު ދުއްވަން އިންނަ މީހާ އާއި އޭނާގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމް ވަނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ސައިކަލް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހއްދުތަކުގަ އެވެ. މާލެ ސަރަހަައްދުގައި ނަމަ އެއީ ސިނަމާލެ ބްރިޖާއި ބްރިޖުގެ ހައިވޭ އެވެ.

މާލޭގައި މި ދުވަސްވަރު މާރާމާރީތައް އިތުރުވެފައިވާއިރު އޭގެ ސަބަބުތައް ފުލުހުން އަދި ނުބުނެ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved