March 15, 2026
Advertisement
މެޒޯ މުހައްމަދު މާޖިދު
މެޒޯ މުހައްމަދު މާޖިދު / ސޯޝަލް މީޑިއާ

މެޒޯ މޯޑު ކުއްލި ގޮތަކަށް ނިޔާވެެއްެޖެ

Hussain Nawaf
ހުސައިން ނަވާފް
Feb 12, 2025, 10:44 PM

މަޝްހޫރު ލަވަ ކިޔުންތެރިޔާ މެޒޯ މުހައްމަދު މާޖިދު ނިޔާވެެއްެޖެއެވެ.

Advertisement

މައުލޫމާތު ލިބޭ ގޮތުގައި މެޒޯ މުހައްމަދު ނިޔާވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މެޒޯ މުހައްމަދު ނިޔާވީ ސިއްހީ ހާލަތު ގޯސްވެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އެމަޖެންސީކޮށް ފަރުވާ ދެމުން ދަނިކޮށްކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭނާ ނިޔާވެފައިވަނީ ކުއްލި ގޮތަކަށްކަން މައުލޫމާތު ލިބެއެވެ.

ގަލޮޅު ކްރީމްގޭ މުހައްމަދު މާޖިދަކީ ދިވެހި ލަވައަށް އިންގިލާބެއް ގެނުވި މެޒޯ ބޭންޑް އާ އެކު ދިވެހި މިއުޒިކުގައި ލެޖެންޑެއްގެ ގޮތުގައި ދިވެހި މިއުޒިކުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް މެޒޯ މޯޑު ދައްކާފައިވެއެވެ.

"ތޭރަ އޮންލައިން"ގެ މެނޭޖުމަންޓުގެ ފަރާތުން ތައުޒިޔާ މި ހިތާމައިގެ ވަގުތުގައި އާއިލާއަށް އަރިސްކުރަމެވެ.

މެޒޯ މުހައްމަދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ. އަދި މި ހިތާމައިގެ ވަގުތުގައި އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved