March 14, 2026
Advertisement
ރައީސް މުއިއްޒު އަދި މިނިސްޓަރު ހަލީޅް
ރައީސް މުއިއްޒު އަދި މިނިސްޓަރު ހަލީޅް / ރައީސް އޮފިސް

އެންސްޕާއިން 35 މިލިއަން ރުފިޔާ ނަގައިގެން ހެދި އެމްއެމްޓީވީއިން ގުރުއާން މުބާރާތެއް ބާއްވަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 13, 2025, 05:12 AM
މާލެ ސިޓީ

އެންސްޕާއިން 35 މިލިއަން ރުފިޔާ ނަގައިގެން ހެދި އެމްއެމްޓީވީއިން ގުރުއާން މުބާރާތެއް ބާއްވަން ނިންމައިފި އެވެ

Advertisement

ރައްޔިތުންގެ ބޭސްފަރުވާއަށް ހުރި ފައިސާއިން ކުރި 35 މިލިއަނުގެ ވައްކަމުން އުފެއްދި އެމްއެމްޓީވީން ބުނީ މުބާރާތައް ފޮނުވާ ވީޑިއޯ ހުންނަންވާނީ ކޮލިޓީކޮށް މަންޒަރާއި ކިޔެވުމުގެ އަޑު ސާފުވާގޮތަށް ކަމަށެވެ.

އަދި މުބާރާތުން ވަނަ ތަކަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމު ދޭނެ ކަމަށެވެ. އަދި ބުނީ މިއީ މި ރޯދަ މަހު ބާއްވާ އެންމެ އަގުބޮޑު ގުރުއާން މުބާރާތް ކަމަށެވެ.

ރައީސް މުއިއްޒު ވިއްކަން މިނިސްޓަރު ހަލީލް ރައީސް އޮފީހާ ސަރުކާރުގެ އޮފީސްތަމާއި ކުންފުނިތަކުގެ މުއައްޒަފުން ބޭނުންކޮށްގެން އެމްއެމްޓީވީއިން ފާޑުފާޑުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު އާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑަށް އެމްއެމްޓީވީގެ މަސައްކަތަށް ފާޑުކިޔަމުން ނެވެ.

އަދި ރައްޔިތުންގެ ފައިސާއިން އުފެއްދި ކަމަށް ބުނާ ޓީވީއިން ފުރަތަމަ ކުރަންވީ ކަމަކީ ތުހުމަތުތަކުން ދިފާއުވުން ކަމަށާއި އޭގެފަހުގައި ގުރުއާނާއި މަދަހަ މުބާރާތް ބޭއްވުން އޯކޭ ކަމަށް ބުނެ އެމްއެމްޓީވީގެ ޕްރޮގްރާމްތަކަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެމްއެމްޓީވީ ހުޅުވި ރޭ ޒާހިރުގެ ދެ ފަރާތުގައި ތިއްބެވީ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު އާއި، އޭނާގެ ޒަމާންވީ އޮޅުވާލުންތަކުގެ ބައިވެރިޔާ، ރައީސް އޮފީހުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް އެވެ.

"މީޑިއާ ލޯބީގެ" ގުޅުން ކިތަންމެ ވަރުގަދަޔަސް އެންސްޕާގެ 35 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި ހީނާ އާއި ހަލީލް މި ދެ ބޭފުޅުންގެ މައްޗަށް ވައްކަމާއި މަކަރާއި ހީލަތް ހެދުމާއި އަދި ކިއެއްތަ މަނީލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތްގޮތެެކެވެ.

އެންސްޕާ ހިންގުމަށް އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާއި ކުރިކަމަށް ބުނެ ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ އެންސްޕާގެ އިސްފަރާތް ކަމުގައިވާ ހީނާ ވަލީދު އަށް ކުރެވިފައި އެވެ.

މުއިއްޒުގެ އެމްއެމްޓީވީއިން 35 މިލިއަން ރުފިޔާ ނެގިކަން ރިޕޯޓުކޮށްގެން ޗެނަލް 13 ގެ މައްސަލައެއް ބްރޮޑްކޮމްއިން މިހާރު ވަނީ ބަލަން ނިންމައިފަ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved