May 19, 2026
Advertisement
މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވެލާނާ އެއާޕޯޓުން އަރީޝް ހައްޔަރު ކޮށްގެން ގެންދަނީ.
މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވެލާނާ އެއާޕޯޓުން އަރީޝް ހައްޔަރު ކޮށްގެން ގެންދަނީ. / މިހާރު

މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ރާއްޖެ އައުމާ އެކު އެއާޕޯޓުން ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 13, 2025, 05:03 PM
މާލެ ސިޓީ

ނުރައްކާތެރި ކުށްތަކަށް އަރައިގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

Advertisement

މާރާމާރީ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 31 އަހަރުގެ ދިވެހި އެ ފިރިހެން މީހާ އެއާޕޯޓުން މިއަދު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.

މާފަންނުގައި އޮޕަރޭޓްކުރާ ގޭންގަކަށް ނިސްބަތްވާ އަދި ކުށުގެ ރެކޯޑުތަކަށް ބަލައި ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ނިންމާފައިވާ ހުސައިން އަރީޝް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނިގޮތުގައި، އެއީ ނުރައްކާތެރި ކުށްތައް ކުރުމުގައި މާލޭގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.

އޭނާ ހައްޔަރުކުރި މައްސަލާގައި ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

މާލޭގައި މިފަހުން ހިނގި މާރާމާރީތަކުގައި މަރުތޭލު ފަދަ އާލަތްތައް ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް މާރާމާރީއަކީ، މި މަހު 4 ވަނަ ދުވަހު އައިޖީއެމްއެޗު ކައިރީ ހުރި މީހަކަށް ސައިކަލެއްގައި ދިޔަ މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި މާރާމާރީ އެވެ. އެ މާރާމާރީއާ އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވެ އެވެ.

މި މާރާމާރީތަކާ ގުޅިގެން ފުލުހުން މި ހަފްތާ ތެރޭ ބައެއް އެހެން މީހުން ވެސް ހައްޔަރުކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved