May 19, 2026
Advertisement
ޑްރަގު މައްސަލައެއްގައި ހަނިމާދޫން ހައްޔަރުކުރި ދެމައިން.
ޑްރަގު މައްސަލައެއްގައި ހަނިމާދޫން ހައްޔަރުކުރި ދެމައިން. / ޕޮލިސް

ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 13, 2025, 07:02 PM
މާލެ ސިޓީ

ހދ. ހަނިމާދޫގައި ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ދެ މައިން ހައްޔަރުކޮށްފިއެވެ.

Advertisement

އިއްޔެ ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހަނިމާދޫ، މަޔާ ޕެލަސް، އާމިނަތު، 56، އާއި ހަމަ އެހޭ ފާޠިމަތު މާޔާ، 25، އެވެ.

އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވެ އެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ..

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އާމިނަތު ފަސް ދުވަހަށް އަދި މާޔާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved