
ރައީސް ޑރ މުހައްމަދު މުއިއްޒު ދީނީ އަދި އަހްލާގީ އުސޫލުތައް ވީރާނާކޮށްލައިފިކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވެރިކަމަށްވަޑައިގަތީ ހުސްގޮނޑިއެއް ވިއްކުމަށްފަހުކަމަށް ޑރ ޖަމީލްވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވެރިކަމަށްވަޑައިގަތުމަށްފަހު ވީރާނާ ކޮށްލީ ދީނީ އަދި އަޚްލާގީ އުސޫލާތަކާއި މެދު ގިނަ ރައްޔިތުން މިއަދު ހިތާމަ ކުރާކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް މުއިއްޒުވަނީ ވައުދު ފުއްދުމުގެ ދީނީ ވާޖިބުގެ މަތިން ހަނދައިން ނެތިފައިކަމަށާއި އެކަމާ ރައްޔިތުން ހިތާމަ ކުރާކަން ޑރ ޖަމީލްވަނީ ވިދާޅުވެފައެވެ.
އެގޮތުން އެ ހުސް ގޮނޑި ރަމްޒުކޮށްދެނީ ފަނާކޮށްލި އިތުބާރާއި ޚިލާފުވި އިޖްތިމާޢީ އެއްބަސްވުންކަމަށް ޑރ ޖަމީލްވަނީ ފާހަގަ ކުރައްވާފައެވެ.










