

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.
އެ ޕާޓީން ހާމަކުރި ގޮތުގައި ޖަލްސާ އޮންނާނީ މިރޭ (16 ފެބްރުއަރީ 2025) ވާ އާދިއްތަ ދުވަހުގެރޭ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މިރޭ 8:45 ގައި ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.
މިރޭގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާއިރު އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.
ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެ އެވެ.
ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.
މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.