އަންހެން ހެދުން އަަޅައިގެން ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން - / ޕޮލިސް
ހަބަރު
އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 ފެބްރުއަރީ 2025
މާލެ ސިޓީ

އަންހެން ހެދުން އަޅައި ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ކަމަށް ބުނާ ދެ ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާލޭ މާވެޔޮމަގު ކަންމަތީ އުޅުނު ދެ ފިރިހެނަކު ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ރޭ 02:29 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ.

އެއީ ގދ. ވާދޫ އުމުރުން 46 އަހަރުގެ މުހައްމަދު ސަބާހާއި ނ. މިލަދޫ އުމުރުން 42 އަހަރުގެ މުހައްމަދު ނައުޝާދެވެ.

މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް މިއަދު ވަނީ ޖަހައިފަ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved