މަޖިލިސް މެންބަރުން އުނގެނި ދަސްކުރަން އައިޔޫއެމްގައި ކިޔަވަން ފަށަނީ / އެމްއެންޔޫ
ހަބަރު
މަޖިލިސް މެންބަރުން އުނގެނި ދަސްކުރަން އައިޔޫއެމްގައި ކިޔަވަން ފަށަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
18 ފެބްރުއަރީ 2025
މާލެ ސިޓީ

ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތައުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

މަޖިލިސް މެންބަރުންނަށް ކުރިއަށް ގެންދަނީ އެއް އަހަރު ދުވަހަށް އަމާޒުކޮށްގެން "އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ"ގެ ނަމުގައި ކުރިއަށް ގެންދާ ކޯހެކެވެ.

ކޯހުގެ މައުލޫމާތު ދިނުމަށް އައިޔޫއެމްގައި އިއްޔެ ވަނީ ހާއްސަ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ. މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވަސިޓީގެ އިސްވެރިންގެ އިތުރުން ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރާ އިންވެސް ބައިވެރިވި އެވެ.

މެންބަރުންނަށް ހިންގާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިއުއޭ) އާއި ރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved