ފިނޭންސް މިނިސްޓްރީ / ސަން
ހަބަރު
3.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކައިފި
Hussain Nawaf
ހުސައިން ނަވާފް
18 ފެބްރުއަރީ 2025

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 3.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން މި ފަހަރުވަނީ 4 ޓީބިލް ވިއްކަން ހުޅުވާލާފައެވެ.

މީގެ ތެރޭގައި ހިމެނެނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 895 މިލިއަން ރުފިޔާގެ ޓީބިލަކާއި މި އަހަރުގެ މޭ 19 ގެ ކުރިން އަނބުރާ ދައްކާ 513.4 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

އެއާއެކު މިއަހަރުގެ އޮގަސްޓް 11 ގެ ނިޔަލަށް އަނބުރާ ދައްކާ އެއް ބިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 1.1 ބިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ.

ޓީ-ބިލްއަކީ ގަވަމަންޓް ސެކިއުރިޓީގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީއެކެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ޓީބިލުތައް ވިއްކަމުންދާ އިރު ގިނަ އަދަދެއްގެ ރައްޔިތުން މި ސަރުކާރު ސިފަ ކުރަނީ ހަރަދު ކުޑަ ކުރުމުގައި ނަމުގައި އައި މަތި ބަރު ސަރުކާރެއްގެ ގޮތުގައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved