ރައީސް މުއިއްޒުގެ މައްސަލަތައް ފައިލްނުކުރާ ކަމަށް ބުނެފި / ރައީސް އޮފިސް
ހަބަރު
ރައީސް މުއިއްޒުގެ މައްސަލަތައް ފައިލް ނުކުރާ ކަމަށް އޭސީސީއިން ބުނެފި
Mariyam Isaadha
މަރިޔަމް އިސާދާ
19 ފެބްރުއަރީ 2025
މާލެ ސިޓީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ހުރި ރައީސް މުހައްމަދު މުއިއްޒުގެ މައްސަލަތައް ފައިލް ނުކުރާ ކަމަށް އެ ކޮމިޝަންއިން ބުނެފިއެވެ.

މިކަމާ ގުޅިގެން އޭސީސީގެ މީޑިޔާ އާ ހަވާލާދީ "އަދަދު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒުގެ މައްސަލަތައް އޭސީސީއިން ފައިލް ކޮށްފައި ނުވާކަން ކަށަވަރުކޮށްދޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރަށް އެއްވެސް ތަފްސީލެއް ދީފައިނުވާކަމަށްވެއެވެ.

ރައީސް މުއިއްޒުގެ 20އަށް ވުރެ ގިނަ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށް ވެއެވެ.

އޭގެ ތެރޭގައި 2022 ގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮތުގައި ހުންނެވި ރައީސް މުއިއްޒުގެ ހަ މައްސަލައެއް އޭރު ބަލަމުންދިޔަ ކަމަށް އޭސީސީއިން ބުނެފައިވެއެވެ. އަދި ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރުގެ ގިނަ މައްސަލަތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިޔާ ފުލެޓު ލިސްޓާ ބެހޭ މައްސަލަތަކެއް ވެސް ހިމެނެއެވެ.

ހަމައެހެންމެ ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލައެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ބޭރު ކުންފުނިތަކަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ވެސް މި ނޫހުން 2023 ވަނަ އަހަރު ވާނީ ފެންމަތިކޮށްފައެވެ.

ރައީސް މުއިއްޒުގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭސީސީގައި ހުރިިރު މި ސަރުކާރުގެ ތެރޭގައިވެސް ކޮރަޕްޝަން މެކުހަށް ޖަހާފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved