April 8, 2026
Advertisement
ހޫނު ހަބަރު
ހޫނު ހަބަރު / ތޭރަ އޮންލައިން

މާލެ ސަރަހައްދުގައި ސިޓީ ކައުންސިލުން މަސްދަޅު ބެހުން ސަރުކާރުން ހުއްޓުވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 20, 2025, 07:05 PM
މާލެ ސިޓީ

މާލެ ސަރަހައްދުގައި މަސްދަޅު ބެހުން ސަރުކާރުން ހުއްޓުވައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މަސް ދަޅު ބެހުން ހުއްޓުވިއިރު މަސްދަޅު ބަލާ ގޮސް ރައްޔިތުންވަނީ ކިޔުވެސް ހަދާފައެވެ.

މިކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރަކު "ތޭރަ އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިކަން ހުއްޓުވާފައިވަނީ، މަސްދަޅު ބެހުމަށްޓަކައި ތައްޔާރީތައް ވަމުން ދިޔަ ވަގުތު މާލޭގެ މޭޔަރ އެ ސަރަހައްދަށް ވަޑައިގެން މަސައްކަތްކުރިއަށްދާ ގޮތް ބައްލަވާލައްވާ ފޮޓޯ އާންމުކުރުމާ ގުޅިގެންނެވެ. ސަރުކާރުން ދެކެފައިވަނީ މޭޔަރު އެކަމުގެ ކްރެޑިޓު އަމިއްލައަށް ނަގަން އުޅުނީ ކަމަށެވެ.

މިކަމާ ގުޅިގެން މަސްދަޅު ބަލާ ގޮސް ތިބި އާންމު ރައްޔިތުން ވަނި ހިތްހަމަ ނުޖެހުން ފާޅުކޮށް ކޮންމެ ކަމެއް ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަކަށް ބަދަލުކޮށް ހުއްޓުވާ ހަދާއިރު ރައްޔިތުންނާ މެދު ވިސްނާ ނުލައްވާ ކަމަށް ވެސް ބުނެފައެވެ.

ސަރުކާރުން މިއަދު ހެނދުނު ސިޓީ ކައުންސިލަށް ސިޓިއެއް ފޮނުވާ ވަނީ އެ މާލެއަށް މަސްދަޅު ބަހާނީ ސިޓީ ކައުންސިލުން ނޫން ކަމަށް އަންގާފައިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ދެން މަސްދަޅު ބަހާނީ ކޮންތާކުންކަމެއް އަންގާފައިނުވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައްޔިތުން ގެންދަނި މާލެއިން މަސްދަޅު ބަހަން ކުރިން އަންގާފައިވާ އެކި ސަރަހައްދުތަކަށް ޖަމާވަމުން ކަމަށާ ނަމަވެސް ރައްޔިތުންނަށް ދޭނެ ޖަވާބެއް ސިޓީ ކައުންސިލަރުންނަށް ނެތް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved