

ހުޅުމާލޭ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ރޭ ދަންވަރު ރޯވީ ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ "ފްރިޒް" ގުދަނުގެ ހަތަރު ވަނަ ބުރީގަ އެވެ.
މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 12:36 ހާއިރު ލިބުމާއެކު ފަޔަ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
މި ގޮތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ ދަންވަރު 1:03 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.