March 15, 2026
Advertisement
ރާއްޖޭގެ މަސްދޯންޏެއްގެ ތެރެއިން
ރާއްޖޭގެ މަސްދޯންޏެއްގެ ތެރެއިން / ސީ.އެން.އެން

ދުނިޔޭގެ އެންމެ ގިނަ ކަނޑު މަހުގެ ބާވަތްތައް ކާ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ރާއްޖެ

Feb 23, 2025, 10:22 PM

ދުނިޔޭގެ އެންމެ ގިނަ ކަނޑު މަހުގެ ބާވަތްތައް ކާ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި އޮތީ ރާއްޖެއެވެ.

Advertisement

ޔުނައިޓެޑް ނޭޝަންސްގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އަހަރެއްގެ މައްޗަށް 87.71 ކިލޯގްރާމަށް ވާވަރަށް ކަނޑު މަހުގެ ބާވަތްތައް އައިސްލޭންޑުގެ ރައްޔިތުން ކައި އުޅެއެވެ. އައިސްލޭންޑަކީ އެންމެ ގިނަ ކަނޑު މަހުގެ ބާވަތްތައް ކާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތް ގައުމެވެ.

ލެމަން ޕޭން ސިއޭޑް އައިސްލޭންޑިކް ކޮޑް
ލެމަން ޕޭން ސިއޭޑް އައިސްލޭންޑިކް ކޮޑް

ލިސްޓުގެ ދެވަނައިގައި އަހަރެއްގެ މައްޗަށް 80.43 ކިލޯގްރާމަށް ވާވަރަށް ކަނޑު މަހުގެ ބާވަތްތައް ރާއްޖޭގެ ރައްޔިތުން ކާކަމަށް އެ ތަފާސް ހިސާބުން ދައްކައެވެ.

މަސް ހުންޏާއި ރޮށި
މަސް ހުންޏާއި ރޮށި

އެއާއިއެކު ލިސްޓުގެ ތިންވަނައިގައި އަހަރެއްގެ މައްޗަށް 65.84 ކިލޯގްރާމަށް ވާވަރަށް ކަނޑު މަހުގެ ބާވަތްތައް ހޮންގ ކޮންގ ގެ ރައްޔިތުން ކައި އުޅޭކަމަށް އެ ތަފާސް ހިސާބުން ދައްކައެވެ.

ހޮންގ ކޮންގ ސްޓައިލް ސްޓީމް ފިސް ވިތް ޖިންޖަރ އޮއިލް
ހޮންގ ކޮންގ ސްޓައިލް ސްޓީމް ފިސް ވިތް ޖިންޖަރ އޮއިލް

ރާއްޖޭގެ ލޭ ނާރުކަމުގައިވާ މަސްވެރިކަމަކީ ބުރަ މަސައްކަތުން، ދޭހާ އަތްވެއްގައި، ވެހޭހާ ވާރެއެއްގައި ރެއާއި ދުވާލު ކުރާ މަސައްކަތެކެވެ. މި ބުރަ މަސައްކަތް ކެތްތެރިކަމާއިއެކު ކުރާ، ރާއްޖޭގެ މަސްވެރިންނަކީ އަމިއްލަ އާއިލާއާއި ދުރުގައި އެތައް ދުވަހެއް ވަންދެން ކަނޑުމަތީގައި، ފިންޏަކަށް ހޫނަކަށް ބެލުމެއް ނެތި މަސައްކަތް ކުރާބައެކެވެ.

ނަމަވެސް އެކަށޭނެ އިންތިޒާމުތައް ނެތްކަން ފާހަގަވެއެވެ.

މަސްވެރިން ބާނާ މަސް ކިރޭނެ ރަނގަޅު އިންތިޒާމެއް ނެތް އިރު މަސްކިރޭނެ ކަމުގެ ޔަގީންކަމެއްވެސް މިހާރު މަސްވެރިންގެ ނެތް ކަމަށް އެމީހުން ބުނެއެވެ. އެތައް މަހެއްގެ ފައިސާ ނުލިބި މިއަދު އާއިލާތައް ބިކަވެ، މަގުމަތި ވެފައިވާއިރު ގިނަ އަދަދެއްގެ އައިސް ޕްލާންޓްތައް ހަލާކުވުމުގެ ސަބަބުން މަސްވެރިންދަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved