

މި ރަމަޟާން މަހާ ދިމާކޮށް ސަރުކާރުގެ ދީލަތި ކަމާ އެކު ދޭ އެއްޗެއްގެ ގޮތުގައި ދެއްކުމަށް ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ދެމުންދާ ބައެއް މަސްދަޅު ކޭހުގައި ދަޅުގެ އަދަދު މަދުވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މީސް މީޑިޔާގައި އާންމު ރައްޔިތަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަސްދަޅު ކޭސް ބަލާ ރައްޔިތުން ގޮސް އަނބުރާ ގެއަށް އައުމުގެ ކުރިން އެ ހަވާލުވި ތަނެއްގައި ހުރެ ކޭސް ކަނޑާ ކޭހުގައި މަސްދަޅު ހަމައަށް ހުރިތޯ ޔަގީންކުރުމަށެވެ.
އެގޮތުން އެ ޕޯސްޓުކުރި މީހާ ބުނެފައިވާ ގޮތުގައި އޭނާގެ ރަހްމަތްތެރިއަކަށް ލިބުނު މަސްދަޅު ކޭސް، ގެއަށް އައިސް ކަނޑާ ބެލިއިރު ކޭހުގައި ތިން ދަޅު މަސް މަދު ކަމަށެވެ. އޭނާ ވަނީ އެ ކޭހުގެ ފޮޓޯއެއްވެސް މީސް މީޑީޔާއަށް ދޫކޮށްލާފައެވެ.
އެހެންކަމުން މި ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ކަން ދެއްކުމުގެ ނިޔަތުގައި ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ބަހާ މަސްދަޅުން ވެސް ސަރުކާރުން ވައްކަން ކޮށްފައިވާ ކަމަށް ގިނަ ބަޔަކު އެ ޕޯސްޓުގައި ބުނެފައިވެއެވެ.