April 25, 2026
Advertisement
ރައީސް މުއިއްޒުގެ ދަތުރުފުޅެއްގެ ތެރެއިން
ރައީސް މުއިއްޒުގެ ދަތުރުފުޅެއްގެ ތެރެއިން / ސަންގު

ހަރަދު ކުޑަ ކުރުމަށް އައިއެމްއެފުން ކެނޑި ނޭޅި އިލްތިމާސް ކުރަމުން ދަނިކޮށް ރައީސް ދ އަތޮޅަށް!

Hussain Nawaf
ހުސައިން ނަވާފް
Feb 24, 2025, 03:17 AM

ހަރަދު ކުޑަ ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފުން ކެނޑި ނޭޅި އިލްތިމާސް ކުރަމުން ދަނިކޮށް ރައީސް ޑރ މުހައްމަދު މުއިއްޒު ދ އަތޮޅުގެ މީހުން ދިރި އުޅޭ ހުރިހާ ރަށަކަށް ޒިޔާރަަތް ކުރުމަށް ދަތުރު ފައްޓަވައިފިއެވެ.

Advertisement

ރައީސްގެ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ.

އަދި މި ދަތުރުފުޅުގައި ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ހިމެނޭހެން ބޮޑު ވަފުދެއް ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސްގެ މި ދަތުރުފުޅުތަކަކީ ރައްޔިތުންނަށް ވައުދުތައް ފުއްދާނެކަމުގެ ޔަގީންކަން ދިނުމަށްޓަކައި ކުރައްވާ ދަތުރުފުޅުތަކެއްކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރައީސް މިފަދަ ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާއިރު ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ. އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved