March 12, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ފަލާހާއި ހަލީލްމެން ފަދަ ބޭފުޅުންނަކީ ފައިސާގެ އަޅުން: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
Feb 24, 2025, 04:10 AM

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހާއި ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ފަދަ ބޭފުޅުންނަކީ ފައިސާގެ އަޅުންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕްލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރު ފަލާހު އާއި ހަލީލު ފަދަ ބޭފުޅުންނަކީ ޕީޕިއެމް ހެދިގެން އުޅުނު ނަމަވެސް ޕީޕީއެމް މީހުން ނޫންކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ. އަދި ފަލާހާއި ހަލީލަކީ ވެރިކަން ބަދަލުވުމުން ޖުމްހޫރީ ޕާޓީއަށް ދިޔަ މީހުންކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިހާރު ޕީއެންސީގެ ވެރިކަމެއް އައުމުން ނަފްސު ވިއްކާ ޕީއެންސީއަށް ބަދަލުވެފައިވާ ކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިހާރު މާ ޕީޕީއެމް ބަޔަކަށް މި މީހުން ވެގެން އުޅުނަސް ރައްޔިތުންނަށް އިނގޭނެ މިއީ ޕީޕީއެމް މީހުން ނޫންކަން. މިއީ ފައިސާއަށް ގުޑާ މީހުން. އެ މީހުންގެ އައިޑިއޮލޮޖީ އެއް ނޯންނާނެ. ބިލީފެއް ނޯންނާނެ. އެމީހުންގެ ނޯމް އެއް ނޯންނާނެ. ވެލިއު ކުރާ އެއްޗެއް ނޯންނާނެ. އެމީހުންނަކީ ފައިސާގެ އަޅުން.

ރައީސް ޔާމީން

އެގޮތުން މި ދެ ބޭފުޅުންނަކީ އަމިއްލަ މަންފާއަށް މަސައްކަތް ކުރާ ބޭފުޅުންގެ ގޮތުގައި ރައީސް ޔާމީންވަނީ ސިފަ ކުރައްވާފައެވެ.

މީގެ އިތުރުން މި ދެ ބޭފުޅުން ގައުމަށްވެސް ކޮށްދެވައިފައިވާ ހިދުމަތްތަކާއި މެދު އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved