May 20, 2026
Advertisement
ޕޮލްކޯގެ ސީއީއޯ އަނީސް:
ޕޮލްކޯގެ ސީއީއޯ އަނީސް: / ފޭސްބުކް

ޕޮލްކޯގެ ސީއީއޯ އަނީސް މަގާމުން ވަކިކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 24, 2025, 04:36 AM
މާލެ ސިޓީ

"ތޭރަ އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ސީއީއޯ އަނީސްގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަ ބަލަން އޭނާ މިއަދު ބޯޑުގެ ބައްދަލުވުމަކަށް ހާޒިރުވާން އެންގުމުން، އެ ބައްދަލުވުމަށް ހާޒިރުނުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

އެހެންވެ، މައްސަލަ ބަލައި ނިމެންދެން އަނީސް ސަސްޕެންޑު ކުރަން ބޯޑުން ވަނީ ނިންމައިފައެވެ.

ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވާ އަނީސް ޕޮލްކޯގެ ސީއީއޯ ކަމަށް އައަޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގަ އެވެ.

އަނީސް ސަސްޕެންޑުކޮށްފައިވަނީ، ޕޮލްކޯގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލައި، ޕޮލްކޯ ދެ ފަހަރެއްގެ މަތިން ބަލައިފާސްކޮށްފައި ވަނިކޮށެވެ.

ޕޮލްކޯ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަނީ ފުލުހުންނަށް ފްލެޓް އިމާރާތް ކުރުމުގައި ހިންގާފައިވާ ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އެ ކޮރަޕްޝަންގައި ފުލުހުންގެ ބައެއް އިސް ވެރިންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެވޭ ކަމަށް އެ މައްސަލަތައް ބަލާ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވެސް މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.

އެހެންވެ އެ މައްސަލަ ބަލާއިރު، އެ ބޭފުޅުން މަގާމުތަކުގައި ތިބެވިދާނެ ކަމާ މެދު އެ ކޮމިޓީގެ މެމްބަރުން މިހާރު ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved