March 15, 2026
Advertisement
ހަނިމާދޫގައި އޮންނަ އިންޑިއާގެ ޑޯނިއާ އެއާކްރާފްޓް
ހަނިމާދޫގައި އޮންނަ އިންޑިއާގެ ޑޯނިއާ އެއާކްރާފްޓް / ދަ ޕްރެސް

ޑޯނިއާ ރާއްޖޭގެ އުތުރުގައި އުދުހެނީ ނަމަވެސް އިދާރާތަކަށް ނޭނގޭ!

Hussain Nawaf
ހުސައިން ނަވާފް
Feb 24, 2025, 10:10 PM

ހދ. ހަނިމާދޫގައި އޮންނަ އިންޑިއާގެ ޑޯނިއާއިން ރާއްޖޭގެ އުތުރު ބޯޑަރު ކައިރީގައި މިއަދު އުދުހެފިއެވެ.

Advertisement

މިކަން ހާމަވެފައިވަނީ އަދަދު ނޫހުން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

ވައިގެމަގުން ދަތުރުކުރާ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޑޯނިއާވަނީ ފުރާފައެވެ. މި ދަތުރުގައި އެ އުޅަނދު ވަނީ ހއ. ކެލާ އިން ފެށިގެން 60 އަށްވުރެ ގިނަ ކިލޯމީޓަރު އުތުރަށް ދުއްވާފައިވާއިރު އެ ހިސާބުން އަނބުރާލުމަށްފަހު ދުއްވީ ދެކުނަށެވެ

ޑޯނިއާ ދަތުރު ކުރި ރާސްތާ
ޑޯނިއާ ދަތުރު ކުރި ރާސްތާ

މިކަމާއި ގުޅިގެން އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓްރީން ފޯނު ނުނެގުމުގެ ސަބަބުން އިތުރު މައުލޫމާތުވަނީ ސާފު ކުރެވޭ ގޮތް ނުވެެފައެވެ. ނަމަވެސް މި ދެ އިދާރާއަށްވެސް އެކަމާއި ގުޅުން ހުރި މައުލޫމާތު ނޭނގޭކަމަށް އަދަދު ނޫހުގައިވަނީ ރިޕޯޓުކޮށްފައެވެ.

ޑޯނިއާ ދުއްވަން ތިބި އިންޑިއާ ސިފައިން ދައުލަތުން ފޮނުވާލައި މިހާރު އެ އުޅަނދު ދުއްވަނީ އިންޑިއާގެ ސަރުކާރުން ހިންގާ ޑިފެންސް ކުންފުންޏެއްގެ މަދަނީންނެވެ. އެގޮތުން އެއީ ޔުނީފޯމު ނުލާ ސިފައިންކަމަށް ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved