ރައީސް މުއިއްޒު ދ. މީދޫއަށް ވަޑައިގަތުން / ރައީސް އޮފިސް
ހަބަރު
ކިރުވާ މަސްކޮޅަށް ހަމައަށް ފައިސާ ނުދެވިގެން އުޅުއްވާ ރައީސް މަސްވެރިންނަށް ރޯދަ އިނާޔަތް ދޭން ވައުދުވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
24 ފެބްރުއަރީ 2025
މާލެ ސިޓީ

ކިރުވާ މަސްކޮޅަށް ހަމައަށް ފައިސާ ނުދެވިގެން އުޅުއްވާ ރައީސް، ރައީސް ޑރ މުހައްމަދު މުއިއްޒު، މަސްވެރިންނަށް ރޯދަ އިނާޔަތް ދެއްވަން ވައުދުވެވަޑައިގެންފިއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ފަންނުތަކުގެ ބޭފުޅުންނަށް، ކަންކަން ފަހިކޮށްގެން ކުރިއަށް އޮތްތަނުގައި މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ހަމަޖައްސަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން، ކުރިއަށް އޮތްތަނުގައި މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާ އެކަމަށް މަގު ފަހި ކުރުމަށް ކަޑައްތުކުރަން ހުރި ބައިވަރު މަރުހަލާތައް ކަޑައްތުކޮށް އެކަން ފަހިކުރައްވާނެ ކަމަށް ދޭހަވާފަދަ މޭރުމަކުން ރައީސް މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް މުއިއްޒު މަސްވެރިންނަށް އައު ވައުދެއް މި ވެވަޑައިގެންވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި، މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭނެ ކަމަށް ވިދާޅުވި ވައުދުވެސް ހަމައަށް ފުއްދަވައިނުދެއްވިގެން އުޅުއްވާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved