April 25, 2026
Advertisement
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު / ތޭރަ އޮންލައިން

ވަކި މަޤުސަދެއް ހާސިލު ކުރުމަށްޓަކައި ޖުޑިޝަރީއަށް ޕީއެންސީން ނުފޫޒު ފޯރުވުމާއި ގުޅިގެން މަލީހު ކަންބޮޑުވުން ފާޅު ކުރައްވާފި

Hussain Nawaf
ހުސައިން ނަވާފް
Feb 26, 2025, 10:36 PM

ވަކި މަޤުސަދެއް ހާސިލު ކުރުމަށްޓަކައި ޖުޑިޝަރީއަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ނުފޫޒު ފޯރުވުމާއި ގުޅިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ ސެކްރެޓަރި ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.

Advertisement

މަލީހު ކަންބޮޑުވުން ފާޅުކޮށްފަައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ވަކި މަޤުސަދެއް ޖުޑިޝަރީ ތެރެއިން ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓުން ނެރުމަށްޓަކައި ކުރުގަޅުވާލައިން ބިލް ފާސްކޮށް ފަޑިޔާރުން ވަކިކުރަން ރައީސް މުއިއްޒު އެކުރައްވާ ކަންކަމަކީ ޑިމޮކްރަސީއާއި ޚިލާފުކަންކަމުގެ ގޮތުގައި މަލީހުވަނީ ސިފަ ކުރައްވާފައެވެ.

ނަމަވެސް އެންމެ ބޮޑުގެއްލުމެއް އާޚިރުގައި ލިބޭނީ މުއިއްޒާއި ވޯޓްދިން 68 މެމްބަރުންނަށްކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މި ފެށީ ޕާޓީން  ވަކިކުރުމުން  މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.

ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ޑރ އަޒްމިރާލްޑާ ޒާހިރު އަދި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑް ކުރުމާއި ގުޅިގެން އެ މައްސަލައިގައި ވަގުތީ އަމުރުތަކާމެދު ގޮތެއް ނިންމަން މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުންވަނީ ކެންސަލްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved