ޓީ ހަޓް ކެފޭގައި ހިނގި އަލިފާނުގެ ހާދިސާ - / އެމްވީކްރައިސިސް
ހަބަރު
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 މާރިޗު 2025
މާލެ ސިޓީ

ހުޅުމާލޭގައި ހިންގަމުން އަންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފި އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، ހުޅުމާލެ "ޓީ ހަޓް" ކިޔާ ރެސްޓޯރެންޓެއްގައި އަލިފާން ރޯވެގެން ހުޅުމާލޭ ފަޔާ ސްޓޭޝަންއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.

އަދި މިހާރު އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައި ވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެތަނުގައި އަލިފާން ރޯވަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved