ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ވެލިބަސްތާ ޖަހަނީ - / އައްޑޫ ސިޓީ ކައުންސިލް
ހަބަރު
މާލޭގައި ފެންބޮޑުވެ، ނަޖިސް ބޭރުވުމާ ގުޅިގެން 40 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
02 މާރިޗު 2025
މާލެ ސިޓީ

މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއެއްގެ މީހުންނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެއަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ގޭގެއަށް ފެންވަންނަމުން ދާތީ، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށް ބުންޏެވެ.

އިއްޔެއާއި ރޭ ކުރި ވިއްސާރައިގައި މުޅި މާލެ އޮތީ ފެންބޮޑުވެފައެވެ. އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ސަބަބުން ނަޖިސް ބޭރުވުމުގެ ހާދިސާތައް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދުގެ 11:00 އަށް ޔެލޯ އެލާޓު ނެރެފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް މެންދުރު 1:30 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

އެ އިދާރާ އިން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްއެންޑީއެފުން ރޭ ފަތިހު ބުނީ، މާލޭގެ ހަ ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 85 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 707 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved