

ފެން ނުހިނދުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން އަނެއްކާވެސް މެދު ކަނޑާލައިފިއެވެ.
ނިމިދިޔަ ޖެނުއަރީ މަހުވެސް ބިމުން ފެން ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލާފައިވެއެވެ.
އެކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުންވަނީ އެކްސްގައި ޕޯސްޓެއްކޮށްފައެވެ.
މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވޭކަށެއް ނެތެވެ. ސަބަބަކީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުން.
— Malé City Council (@MaleCitymv) March 2, 2025
މިހެން ކަމުން މިއަދު މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު… pic.twitter.com/2bGeHsO4cv
އެގޮތުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތްކަމަށް ބުނެފައިވެއެވެ. އަދި އޭގެ ސަބަބުން މައްޔިތާ ވަޅު ނުލެވުނު ވާހަކަވެސް ހާމަކޮށްފައިވެއެވެ.
ގަދަ ވިއްސާރާގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅުލަން ދަތިވާ މައްސަލަ މިހާރު ވަރަށް ބޮޑެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ހަމަ މި މައްސަލަ ދިމާވެގެން އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލި އެވެ.