March 1, 2026
Advertisement
ވެމްކޯގެ ޗެއާމަން ނާސިފް ދީދީ --
ވެމްކޯގެ ޗެއާމަން ނާސިފް ދީދީ -- / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

އެޗްޑީސީގެ ޗެއާމަން ކަމުން ނާސިފް ވަކިކޮށް ވެމްކޯއަށް ބަދަލުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 4, 2025, 04:29 PM
މާލެ ސިޓީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުގެ ޗެއާމަންގެ މަގާމަށް މިދިޔަ ނޮވެމްބަރު މަހު އައްޔަންކުރި އަހުމަދު ނާސިފު، ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ބަދަލުކޮށްފި އެވެ.

Advertisement

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ އެޗްޑީސީގެ ޗެއާގެ މަގާމުން ވަކިކޮށް ނާސިފް ވެމްކޯއަށް ބަދަލުކުރީ މިއަދު ކަމަށެވެ. ނަމަވެސް އެޗްޑީސީން ނާސިފު ވަކިކުރި ސަބަބެއް ނޭނގެ އެވެ.

ނާސިފް އެޗްޑީސީގެ ޗެއާއަކަށް އައްޔަންކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ނާސިފްވަނީ ރައީސް އަަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އަދި ކުރީގެ ތިލަފުށި ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އޭނާ އަދައިކުރެއްވި އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved