April 24, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ތޭރަ އޮންލައިން

ރައީސް މުއިއްޒާއި ދެކޮޅަށް ހުރި މައްސަލަތަކަށް ބަލާއިރު ޖަލު ހުކުމް އޮތީ ސާފުކޮށް ކަށަވަރުވެފައި: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Mar 5, 2025, 08:50 PM

ރައީސް ޑރ މުހައްމަދު މުއިއްޒާއި ދެކޮޅަށް ހުރި މައްސަލަތަކަށް ބަލާއިރު ޖަލު ހުކުމް އޮތީ ސާފުކޮށް ކަށަވަރުވެފައިކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މިހާރު ހުރި މައްސަލަތަކަށް ބަލާއިރު ޖަލު ހުކުމް ކަށަވަރުވެއްޖެ ކަމާއި ހިނގާ ކޮންމެ ދުވަހަކާއި އެކު މުއްދަތުވަނީ އިތުރުކަމަށް މަލީހުވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ގިނަ ރައްޔިތުން މިހާރު ދެކެންބޭނުންވާ ދުވަހަކީ ރައީސް ޑރ މުއިއްޒު ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށް އެމަނިކުފާނަށް ހައްގު އަދަބު ލިބޭދު ދުވަސްކަމަށް މަލީހުވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުދަނީ ގާނޫނާއި ހިލާފުވަމުން ގެންދާކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުސުއޫދު އިސްތިއުފާވެސް ދެއްވާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved