April 22, 2026
Advertisement
މިނިސްޓަރ އިހްސާން
މިނިސްޓަރ އިހްސާން / މިނިސްޓްރީ އޮފް ހޯމް އެފެއަރޒް

ވަކި މީހަކަށް ވީތީ ދެވޭނެ ލުޔެއް ނެތް: އިހްސާން

Aishath Naja
އައިޝަތު ނަޖާ
Feb 13, 2024, 04:48 AM
މާލެ ސިޓީ

ވަކި ހައިސިއްޔަތެއްގެ ވަކި މީހަކަށް ވާތީ ޖަލަށް ކޮށްފައި އޮންނަ ހުކުމަކަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

Advertisement

މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެއްވެސް ލުޔެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރޭތޯ ޗެނަލް 13 ގެ ނޫސްވެރިޔާ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެހެން ވަކި މީހަކު ވެގެން ހާއްސަ އުސޫލެއްގެ ދަށުން ލުޔެއް ނުދެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ލުޔެއް ދޭން ފެންނަ ހާލަތެއްގައި އުސޫލުގެ ތެރެއިން ލުއި ދޭނެ ކަމަށެވެ. މިސާލަކަށް އެއީ ބޭސް ފަރުވާގެ ކަމަކަށް ނުވަތަ ހާއްސަ އެހެން ހާލަތެއްގައި ނަމަ އެކަމަކަށް ރިއާޔަތްކޮށް ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ވަކި ބޭފުޅަކަށް ވީތީވެ ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ސިޔާސަތެއް، އެއީ ގާނޫނާ ގަވާއިދުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބިދޭ ބާރެއް ނޫން. އަޅުގަނޑުމެން ސަރުކާރުން ނުކުރާނެ ކަމަކީ ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް އެމީހަކާ ދޭތެރޭ އަމަލެއް ނުކުރާނެ

މިނިސްޓަރ އިހްސާން

އަދުގެ ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދު ކަމަށް ވާ ރައީސް ޔާމީން މިނިވަންކުރުމުގެ ވައުދު އަދިވެސް ފުއްދަވާފައިނުވެއެވެ.

އެމަނިކުފާނަށް އިންސާފް ހޯދައްވައިނުދެވުނުތާ އެމަނިކުފާނަށް ކުރީ ސަރުކާރުން ދެއްވާފައިވާ ލުއިތަކުގެ އިތުރުން އެއްވެސް ލުޔެއްވެސް މި ސަރުކާރުން ދެއްވާފައިނުވެއެވެ.

މިކަމާ ގުޅިގެން ގިނަބަޔަކު އަންނަނީ ސަރުކާށް ފާޑު ކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved