April 25, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައްޔިތުންގެ އާންމު ހާލަތު ރަގަޅު ކުރުމަށް ސަރުކާރުން އަމަލުކުރާ ގޮތާ މެދު ރައީސް ޔާމީންގެ ސުވާލެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 5, 2025, 09:22 PM
މާލެ ސިޓީ

ރައްޔިތުންގެ އާންމު ހާލަތު ރަގަޅު ކުރުމަށް ސަރުކާރުން އަމަލުކުރާ ގޮތާ މެދު ރައީސް އަބްދުﷲ ޔާމީންގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ކަރަންޓު ބިލުން ރޯދަ މަހު ޑިސްކައުންޓު ދީ އަދި ތަކެތީގެ އަގުވެސް އަތްފޯރާ ފަށަށް ގެންނާނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް ރޯދަ މަސް ފެށުމުގެ ކުރިން ދެ ބިލު ފނުވާ ރޯދަ މަހު ދޭ ޑީސަްކައުންޓު ސަރުކާރުން ފޫބެއްދުމަށް ފަހު ދެން ޑިސްކައުންޓު ދިނުމުން ރައްޔިތުންގެ އާންމު ހާލަތު ރަގަޅު ވޭތޯ ސުވާލު އުފައްދަވާފައެވެ. އަދި ޒުވާނުން ކުރިންގެ ވެހިކަލްތައް ޓޯކުރުމާ ބޯހިޔާވަހިކަމުން ސަރުކާރުން ވައްކަން ކުރުން ފަދަ ކަންކަން ކުރުމުން ރައްޔިތުންގެ އާންމު ހާލަތު ރަގަޅުވޭތޯ ވެސް އައްސަވާ ރައީސް ޔާމީން ވަނީ ވެރިންނަށް ސުވާލު އަމާޒުކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ ރައްޔިތުންގެ އާންމު ހާލަތު ރަގަޅު ކުރުމަކީ ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމާ ރައްޔިތުން ދޭ ޚިދުމަތުގެ އަގު ބޮޑުނުވުން ފަދަ ކަންކަން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު ފެންނަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދިފާއު ކުރަން ރައީސް މުއިއްޒުގެ މަސްލަހަތު އިސްކުރާ މަންޒަރު ކަމަށެވެ. ރައީސް ޔާމީން ވަނީ މިހާރު ރައްޔިތުންނޭ ކިޔާ ބަޔަކު ގައުމުގައި ނެތް ކަމަށް ވިދާޅުވެ މިހާރު ރައްޔިތުންނަކީ ވެސް ރައީސް މުއިއްޒުކަމަށް ފެންނަ މަންޒަރުތަކަށް ބެލުމުން ދޭހަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved