April 25, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

އަދުލުގެ ނިޒާމު މިއޮތީ ޤަޠުލުކޮށްފައި: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 7, 2025, 04:19 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމު މިހާރު އޮތީ ޤަތުލުކޮށްފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ސަރުކާރުން ޖުޑިޝިއަރީއަށް ނުފޫޒު ފޯރުވަމުންދާ ދިއުމަށް ނަޒަރު ހިންގަވާލައްވަމުން، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ދުސްތޫރީ މައްސަލައެއް ވައްދާފައި ވަނިކޮށް ޖޭއެސްސީ މެދުކޮށް ސަރުކާރުން ފަނޑިޔާރުގެތަކާ ކުޅެ މުޅި ނިޒާމު ގަނޑުބަނޑުކޮށްފި ކަމަށެވެ. އަދި މިހާރު އަދުލުގެ ނިޒާމުގެ އިތުބާރު ރައްޔިތުންނަށް ގެއްލިފައިވާ ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

މިގެ އިތުރުން މިއަދު އަދުލުގެ ނިޒާމަށް ފޯރުވަމުން ގެންދާ ނުފުޒާ އެކު މުޅި ނިޒާމު ގަތުލުކޮށް ސަރުކާރުން ކަތިލައިފި ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، މިހާރުގެ ސަރުކާރުން ފަނޑިޔާރުންނާ ބެހުނުވަރަށް ޣައިރު ޒިންމާދާރުކޮށް ބެހުނު ބަޔަކު ނެތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved