March 19, 2026
Advertisement
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ / ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބޭސްފަރުވާއަށް އިންޝުއަރެންސް ކާޑެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 7, 2025, 08:49 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީސް މެންބަރުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ޚާއްސަ ކާޑެއް ތައާރަފުކުރަން އެލައިޑް އިންޝުއަރެންސްގައި އެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

Advertisement

މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ބޭރު ގައުމުތަކުން ބޭސްފަރުވާ ކުރުމުގައި، ރީއިމްބާސް ކުރަން ޖެހުމުގެ ސަބަބުން ދަތިތައް ދިމާވާކަމަށް ބުނެ މެމްބަރުން ވަނީ ޝަކުވާކޮށްފައިވެސް ވާ ދަނޑިވަޅެއްގައެވެ.

މިފަދަ ކާޑަކަށް އެދި އެލައިޑުގައި އެދެން ފާސްކޮށްފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. އެ ކަން ހުށަހަޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އިބްރާހިމް ދީދީ ވިދާޅުވީ ދައުލަތުގެ ބަޖެޓަށް އިތުރު ހަރަދެއް ނުކޮށް ނުވަތަ ބުރައެއް ނާންނަ ގޮތަށް މެޑިކަލް އިންޝުއަރެންސް ހަރުދަނާ ކުރަން ޖެހޭކަމަށެވެ. އަދި އެލައިޑުގެ މެމްބަރުންގެ ހެލްތް އިންޝުއަރެންސް އިތުރު މުއްދަތަކަށް ދަންމާލުމަށް ހުށަހެޅުއްވި އެވެ.

މައްސަލަ ހައްލު ކުރުމަށް ދީދީ ދެން ހުށަހެޅީ ރީއިބްމާސް ކުރަން ނުޖެހޭ ނިޒާމެއްގެ ތެރެއިން، އިންޝުއަރެންސް ކާޑެއް މެމްބަރުންނަށް ހާއްސަކޮށް ތައާރަފު ކުރުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީގެ އެހެން މެމްބަރުން ތާއީދުކޮށް ވަނީ ފާސްކޮށްފައެވެ.

އެ ކާޑު ފަރުމާ ކުރުމަށް ނިންމާފައި ވަނީ، ވަކި ލިމިޓެއް ކަނޑައަޅައި އެ ކާޑުން ރާއްޖެއިން ބޭރުގައި ކުރާ ބޭސްފަރުވާއަށް ފައިސާ ދެއްކޭ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ކުރިން ކޮމިޓީއެއްގައި ވަނީ ހެލްތު އިންޝުއަރެންސްލިބުމުގައި ދަތިތައް ދިމާވެ ޝަކުވާ ކުރައްވައިފައެވެ. އެ ޝަކުވާ އޭނާ ކުރެއްވީ މެންބަރުންގެ އިންޝުއަރެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފަރުވާއެއް ހޯދުމުގައި ދަތިތަކެއް ދިމާވުމުންނެވެ.

އެއާއެކު ރިޔާޒު ވަނީ މެންބަރުންނަށް ޚާއްސަކޮށްފައިވާ އިންޝުއަރެންސަށް މެންބަރުންގެ އަތުން ވަރަށް ބޮޑު އަދަދެއް ނަގާ ކަމަށާއި އެހެންވުމުން އެ ޚިދުމަތް ހޯދުމުގައި ތަކުލީފެއް އުފުލަން ޖެހިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved