April 3, 2026
Advertisement
ސަހްޔޫނިން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވުން
ސަހްޔޫނިން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވުން / އަނަޑޮލު އަޖަންސި

ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވުން

Hussain Nawaf
ހުސައިން ނަވާފް
Mar 8, 2025, 08:43 PM

ރަފަހުގެ އިރުމަތީގައި އޮންނަ އަބޫ ހަލާވޭ ސަރަހައްދަށް އަމާޒުކޮށް ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވިކަން ހާމަވެއްޖެއެވެ.

Advertisement

އެ ހަމަލާ ދީފައިވަނީ ސަހްޔޫނީ ޑްރޯނެއް ކަމަށް މަސްދަރުތަކުންވަނީ ރިޕޯޓުކޮށްފައެވެ.

އަދި ޣައްޒާ އާއި މިސްރުގެ ބޯޑަރުގައި އޮންނަ ފިލަޑެލްފީ ކޯރިޑޯގައި ބަހައްޓާފައިވާ ސަހްޔޫނީންގެ އަސްކަރީ އުޅަނދުތަކުން ރަފަހުގެ ދެކުނާއި މެދުތެރޭގައި ހުންނަ ފަލަސްތީނުގެ ގެތަކަށް ބަޑިޖެހިކަންވެސް ރިޕޯޓުތަކުން ބުނެއެވެ.

މިކަން ހިނގާފައިވަނީ ސަހްޔޫނީން ޣައްޒާގެ އެކި ހިސާބުތަކަށް އަރައިގަނެ އާންމުންނަށް އިތުރު ގެއްލުން ދެމުންދާ ދަނޑިވަޅެއްގައެވެ.

ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްވަނީ ހަދާފައެވެ. މި ހަނގުރާމައިގެ ތެރެއިން 48،400 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވި އިރު ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިދިޔަ ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމަށް އަމުރެއް ނެރިފައެވެ.

ސަހްޔޫނީންގެ އަސްކަރީ ކެމްޕެއިންގެ ސަބަބުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް ނަސްލު ނައްތާލުމުގެ މައްސަލައެއްވަނީ ލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved