ފަނޑިޔާރު ޝުޖޫނުގެ ސުލޫކީ މައްސަލައެއް ވެސް ފެންމތަިކޮށް ބަލާނެކަމުގެ އިންޒާރުދިނުން / ސޯޝަލް މީޑިއާ
ހަބަރު
ފަނޑިޔާރު ޝުޖޫނަށް ވެސް ޖޭއެސްސީ ހަތިޔާރަކަށް ބޭނުންކޮށް ބިރު ދައްކާ ކަމުގެ އަޑުތަކެއް!
Mariyam Isaadha
މަރިޔަމް އިސާދާ
10 މާރިޗު 2025
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދަށް ވެސް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހަތިޔާރަކަށް ބޭނުންކޮށްގެން ސަރުކާރުން ބިރު ދައްކާ ކަމުގެ އަޑުތަކެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖޫންގެ ވެސް ސުލޫކީ މައްސަލައެއް އުފަންކޮށް މައްސަލަ ބަލާނެކަމުގެ ބިރު ޖޭއެސްސީއިން ދަނި ދައްކަމުންނެވެ. އެގޮތުން ޝުޖޫންއަށް ބިރުދައްކަން ސަރުކާރުން ހޯދައިގެން އުޅޭ ސުލޫކީ މައްސަލައަކީ ސުޕްރީމް ކޯޓުން ޑްރައިވަރެއްގެ މުސާރައާއި، ޕެޓްރޯލް އެލަވަންސް ނެގުމަށްފަހު، ޝުޖޫންގެ އަމިއްލަ ބޭނުމަށް، ސުޕްރީމް ކޯޓުގައި އޮންނަ ކާރު، ސުޕްރީމް ކޯޓުގައި ހުރި މުވައްޒަފަކު ލައްވައި ދުއްވައި، ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މި މައްސަލަ ބަލައި ފަނޑިޔާރުކަމުން ޝުޖޫން ވަކިކުރާނެ ކަމަށް ބުނެ ސަރުކާރުގެ އިސްވެރިންތަކެއް އަންނަނީ ފަނޑިޔާރަށް ބިރުދައްކަމުންކަމާ މިކަން ކުރުމުގެ ބޭނުމަކީ މިހާރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ މައްސަލައިގެ ހުކުމް ސަރުކާރާ ދެކޮޅަށް ނުކުރާނެކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށްވެއެވެ.

ސަރުކާރުން މެމްބަރުން ކޮންޓްެރޯލުކުރަން ފާސްކުރި ބިލުގެ ދުސްތޫރީ މައްސަލައެއް ސުޕްރީމު ކޯޓަށް ހުށަހަޅާ މައްސަލަ ކުރިއަށް ގެންދިއުމަށް ފަނޑިޔާރުން ނިންމުމާ އެކު ކުއްލިއަކަށް އޭގެ ތެރެއިން ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ޖޭއެސްސީއިން އެ ފަނޑިޔާރުންތަކުގެ މައްސަލަތަކެއް ބަަލން ފަށާފައިވެއެވެ. އެގޮތުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާ ފަނޑިޔާރު މަހާޒު އަލީ ޒާހިރާ އަދި ފަނޑިޔާރު ހުސްނުއްއަލް ސުއޫދުވެސް މަގާމުން ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ދަނީ ބަލަމުންނެވެ. ފަނޑިޔާރު ސުއޫދު ވަނި މިހާރު ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދީފައެވެ.

ފަނޑިޔާރު ޝުޖޫނުުުގެ އިތުރުން، ރައީސް އަބްދުﷲ ޔާމީނަށް ދަށު ކޯޓުގައި ހަރާން ހުކުމެއް ޖެހި ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވެސް މިހާރު ވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައި ކަމަށްވެއެވެ. އޭނާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައީ އޭނާއަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލައި މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރުދީގެންނެވެ.

ސަރުކާރުގެ ކޮންޓްރޯލު އޮންނަ ޖޭއެސްސީ މެދުވެރިކޮށް، ދުވަހަކުވެސް ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވި ރައިސް، ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ އިންތިހާއަށް ނުފޫޒު ފޯރުވަމުން ކަމަށް މި ދަނޑިވަޅުގައި ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved