March 15, 2026
Advertisement
ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު
ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު / ފޭސްބުކް

ސަރުކާރުން ބޭނުންވާ ގޮތައް ފައިސާ ޗާޕުކުރަން ދެކޮޅު ހެއްދެވުމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ވަކިކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 11, 2025, 06:54 PM
މާލެ ސިޓީ

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ ހޫނުވެފައި އޮއްވައި، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.

Advertisement

އެ މައްސަލަ މިއަދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު އެވެ.

ފައިސާ ޗާބު ނުކުރަން ބުނެ ވެރިކަމަށް ވަޑައިގެން ރައީސް ޑރ. މުއިއްޒު އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަނެއްހައި ރުފިޔާ ނަގަން އުޅޭކަން މީޑިއާ ތަކުން ވަނީ ފަޅާއަރުވާލައިފަ އެވެ.

އެ ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އާދިއްތަ ދުވަހު ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ.



ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved