
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވި ވައުދުތައް ނުފުއްދި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީވެ އެކަމުގެ ކަންބޮޑުވުން ހޯރަފުށީ ޒުވާނުން ފާޅުކުރަން ފަށައިފި އެވެ.
މަޖިލިސް އިންތިހާބުގެ ކެންޕެއިން އަށް ހޯރަފުއްޓަށް ވަޑައިގެން ބޭއްވި އެއްވުމެއްގައި ހަލީލް ވިދާޅުވީ އޭނާގެ ވަރަށް ގާތް ރަހްމަތްތެރިއަކު ގުޅުއްވާ ރައީސް ޑރ. މުއިއްޒު ދެއްކެވި ކެންޑިޑޭޓް ހޯރަފުށީ ދާއިރާއިން ހޮވިއްޖެ ނަމަ ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ވުމަށް އޭނާ އެދޭ ކަމަށް ހަލީލް އަރިހުގައި ވިދާޅުވި ކަމަށެވެ.
ޗަމްޕާ މުހައްމަދު މޫސާ ވިދާޅުވި ކަމަށް ބުނެ އެ ޖަލްސާގައި ހަލީލް ހޯރަފުއްޓަށް ވަނީ ގިނަ ވައުދުތަކެއް ވެފަ އެވެ. އެގޮތުން:
ނަމަވެސް މިއަދު ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ ޝަކުވާއަކީ މި ސަރުކާރުގެ އިސްބޭފުޅަކު ހޯރަފުއްޓަށް ވަޑައިގެން އެދެއްކެވި ވާހަކައިގެ "ކުލަ" ނުޖެހުމެވެ.
ހަލީލްގެ ވާހަކަ އަށް ފާޑުކިޔާ އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނީ ވޯޓުން އެބުނާ މީހަކު ހޮވުމުން ހަލީލް ގެއްލިއްޖެ ކަމަށާއި ހޯރަފުށީގެ ތަރައްގީ ހުއްޓުނީ ހަލީލް އެދުނުގޮތަށް ދިން ވޯޓަށް ފަހު ކަމަށެވެ.










