March 14, 2026
Advertisement
ހުސެއިން ފިޔާޒު މޫސާ
ހުސެއިން ފިޔާޒު މޫސާ / ސޯޝަލް މީޑިއާ

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިޔާ ފިޔާޒުއަށް ފޯންއިން ގުޅާ ބިރު ދެއްކި މައްސަލަ ފުލުހަށް

Mar 16, 2025, 05:24 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒުއަށް ފޯންއިން ގުޅާ ބިރު ދެއްކި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

Advertisement

އަދަދު ނޫހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ އިއްޔެރޭ އިރާކޮޅު 7:04 ގަ އެވެ. އެގޮތުން މިނެޓެއްހާ އިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒުއަށް ރައީސް އިންޒާރު ދެއްވީ އަދަދު ނޫހާއި ފިޔާޒު އާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެކަމަށް ވެއެވެ.

އަދަދު ނޫހުގެ ނޫސްވެެރިންނަށާއި ފިޔާޒުއަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ތިން ފަހަރު ފިޔާޒުއަށް އިންޒާރު ދެއްވި ކަމަށްވެއެވެ. އަދި ތިންވަނަ ފަހަރު އިންޒާރު ދެއްވާަ ފޯނު ބޭއްވެވުމުގެ ކުރިން ވަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވިދާޅުވެފައި ކަމަށްވެއެވެ.

އަދަދުން ނެރުނު ބަޔާން
އަދަދުން ނެރުނު ބަޔާން

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަކީ ދިވެހި އެންމެހާ ފަރުދުންގެ މިނިވަންކަމާ ރައްކާތެރިކަމާ އެންމެހާ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރައްވަން ޖެހިވަޑައިގެން އެ ޒިންމާ އިސްތަށިފުޅުގައި އެޅިފައިވާ ފަރާތަށް ވީހިނދު، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެނިގެން ދިޔަ އެ އަމަލުން ހާމަވަނީ ދައުލަތާ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތަށާ ހައިބަތަސްވެސް ހުރުމަތެއް ނުބަހައްޓާވަކަން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އަދަދުން ތުހުމަތުކޮށްފައިވާ ގޮތުގައި އެނޫހަށް އިންޒާރުދީފައި މިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ޚަބަރުތައް ބައްޓަން ނުކުރާތީ ކަމަށެވެ.

އަދަދުގެ ނޫސްވެރިޔާ ފިޔާޒުއަށް ފޯނުން ގުޅާ ރައީސް މުއިއްޒު އިންޒާރުދިނީ ކޮން ކަމަކާ ގުޅިގެން ކަމެއް ޚުދު ފިޔާޒުއަށް ވެސް ނޭނގެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved