March 10, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ރައީސް ޑރ މުއިއްޒަކީ އެއްވެސް ކަމެއްގައި ބަހާއި އަމަލު ދިމާނުވާ ބޭފުޅެއް: ޑރ ޖަމީލް

Hussain Nawaf
ހުސައިން ނަވާފް
Mar 16, 2025, 10:01 PM

ރައީސް ޑރ މުހައްމަދު މުއިއްޒަކީ އެއްވެސް ކަމެއްގައި ބަހާއި އަމަލު ދިމާނުވާ ބޭފުޅެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ރައީސް އަދަދުގެ ނޫހުގެ ޗީފް އެޑިޓަރ ހުސައިން ފިޔާޒަށް ބިރު ދެއްކުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެއީ ރައީސުލްޖުމްހޫރިއްޔާ ކުރުއްވަން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށް ރައީސް މުއިއްޒު ކޯފާ ވީ ނަމަވެސް ރައްޔިތުން އެމަނިކުފާނަށް ފާޑު ކިޔާނެކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި އެކަންކަން ގަބޫލު ނުކުރެވޭނަމަ ސިޔާސީ ކަންކަމުގައި ނޫޅުއްވާނީކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަކީ އާއިލާ އާއި އަނބިކަނބަލުންވެސް ގަބޫލު ކުރައްވަން ޖެހޭނެ ކަންކަންކަމަށް ވިދާޅުވެފަވެއެވެ.

އެގޮތުން ރައީސް މުއިއްޒަށް ފާޑު ކިޔަނީ ކިޔަންވެގެންކަމާއި އެމަނިކުފާނަކީ ބަހާއި އަމަލާއި ދިމާ ނުވާ ބޭފުޅެއްގެ ގޮތުގައި ޑރ ޖަމީލް ސިފަ ކުރެއްވިއެވެ.

ރާއްޖޭގައި އޮތީ ޑިމޮކްރަސީއެއް ކަމާއި މިއީ އޮޓެކްރެސީއެއް ނޫންކަން ގަބޫލް ކުރަންވާނެކަމަށްވެސް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ނޫސްވެރިނަށް އެފަދަ ގޮތް ގޮތަށް ބިރުދެއްކުމަކީ އިންތިހާއަށް ފިނޑިކަމެއްކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި ބިރުދެއްކި ނަމަވެސް މިހާރު އެކަކުވެސް ފަހަތަކަށް ނުޖެެއްސޭނެކަމަށް ޑރ ޖަމީލް ފާހަގަ ކުރައްވާ އަދި ދެން މާފޯރިގަދަވާނެކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved