March 10, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ތޭރަ އޮންލައިން

ރައީސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން ވީ ގުރުބާނީއަށް ރައީސް ޑރ މުއިއްޒުވެ ވަޑައިގަތީ ހިޔާނާތް؛ މަލީހު

Hussain Nawaf
ހުސައިން ނަވާފް
Mar 19, 2025, 05:18 PM

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްޓަކައި ދިވެހި ރައްޔިތުން ވީ ގުރުބާނީއަށް ރައީސް ޑރ މުހައްމަދު މުއިއްޒުވެ ވަޑައިގަތީ ހިޔާނާތް ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައިއެވެ.

އެ ޕޯސްޓުގައި މާލެއާއި އަތޮޅުތެރޭ ހިމެނެހޭން މުޅި ދިވެހިރާއްޖެ އެއްއަޑަކުން ގުގުމަމުންދަނީ ރައީސް މުއިއްޒުގެ ބޭވަފާތެރިކަމުގެ އަޑުކަމަށް ވިދާޅުވެފައިވެ އެވެ.

އެގޮތުން ރައީސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން ވީ ގުރުބާނީއަށް ރައީސް ޑރ މުއިއްޒުވެ ވަޑައިގަތީ ހިޔާނާތް ކަމަށް ވިދާޅުވެ އެކަމާއި ނުރުހުން ފާޅުކޮށްފައިވެ އެވެ.

އަދި އެ ހިޔާނާތް ދުވަހަކުވެސް ރައްޔިތުންގެ ހިތުން ފިލައިގެން ނުދާނޭ ކަމާއި ރައްޔިތުން ފާޅުގައި އާއި ސިއްރިއްޔާތުގައި މިއަދު ބުނަމުންދަނީ އެފަދައިންކަމަށް މަލީހު ވިދާޅުވެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved