

އެންސްޕާއިން ފައިސާ އިން ހެދި އެމްއެމްޓީވީއިން މާރުކޭޓަށްގޮސް އިސްރައްވެހިންނަށް ފުރައްސާރަ ކޮށްފި އެވެ.
ޝޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެމްއެމްޓީވީގެ ނޫސްވެރިއެއް ކަމަށް ބެލެވޭ މީހަކު އުމުރުން ދުވަސްވީ މީހެއްގެ ފަހަތުން މައްލަރުކުރަމުން ހިނގާ މަންޒަރެވެ.
އަދި މީޑިއާ އަށް މައުލޫމާތު ދޭން ބޭނުން ނުވާ ކަމަށް އެ ދުވަސްވީ މީހާ ބުނަމުން ދިޔަ ނަމަވެސް އެމްއެމްޓީވީގެ ނޫސްވެރިއެއް ކަމަށް ބެލެވޭ މީހާ ވަނީ އެ ދުވަސްވީ މީހާގެ ފަހަތުން ފުރައްސާރަކޮށް ކެމެރާ އިން ވީޑިއޯ ކުރަމުން ގޮސްފަ އެވެ.
އަދި އެދުވަސް ވީމާ މީހާ ރައީސް މުއިއްޒު ޕްރޮމޯޓް ކުރާ އެމްއެމްޓީވީ އަށް މައުލޫމާތު ދޭން ދެކޮޅު ހެދުމުން އެމީހާގެ އަގުވައްޓާލުމަށް އެމްއެމްޓީވީގެ ނޫސްވެރިއެއް ކަމަށް ބެލެވޭ މީހާ ވަނީ މަސައްކަތް ކޮށްފަ އެވެ.
މީހެއްގެ ނުރުހުމުގައި އަދި ނޫސްވެރިންގެ ސުލޫކީ މިންގަޑާއި ހިލާފަށް އެމްއެމްޓީވީން މި ގޮތައް އަމަލުކުރުމުން ގިނަބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އަދި ނޫސްވެރިކަމަށް ތަންދޮރުދަންނަ މީހުން ނެރުމަށާއި ރައީސް މުއިއްޒު އަށް ތާއީދު ކުރާ ކޮންމެ މީހަކީ "ނޫސްވެރިއެއް" ކަމަށް ހަދައިގެން މައިކު ދީ އާންމުންގެ ތެރެއަށް ނުނެރުމަށް ވެސް ގިނަބަޔަކު އަންނަނީ އެމްއެމްޓީވީގެ ވެރިންނަށް ގޮވާލަމުންނެވެ.
އެމްއެމްޓީވީ އުފެދިގެން އައިގޮތާއި އަދި އެމްއެމްޓީވީގެ ގެނެސް ދޭ ގިނަ ކޮންޓެންޓާއި "ދޮގު" މާގިނައިން އިވޭތީ އާންމުން އަންނަނީ އެމްއެމްޓީވީގެ ކެމެރާ އަށް މައުލޫމާތު ދޭން ދެކޮޅުވެސް ހަދަމުން ނެވެ. އަދި އެމްއެމްޓީވީން ޑްރާމާ ކުޅުމުގެ ބަދަލުގައި ފުރަތަމަ ޖަވާބު ދޭން ޖެހޭނީ އެ ޗެނަލް ހެދުމަށް ފައިސާ ހޯދި ގޮތުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ކަމަށް ބުނެ ބައެއް މީހުން އަންނަނީ އެ ޓީވީގެ މަސައްކަތައް ފާޑުކިޔަމުން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ހަލީމް އިސްވެ ހުންނަވާ އުފައްދައިގެން އުޅޭ އެމްއެމްޓީވީ ރެއާ ދުވާލު ކުރާ މަސައްކަތަކީ "މުއިއްޒު" ވިއްކުމެވެ.
ރައީސް މުއިއްޒު ވިއްކަން މިނިސްޓަރު ހަލީލް ރައީސް އޮފީހާ ސަރުކާރުގެ އޮފީސްތަމާއި ކުންފުނިތަކުގެ މުއައްޒަފުން ބޭނުންކޮށްގެން އެމްއެމްޓީވީއިން ފާޑުފާޑުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު އާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑަށް އެމްއެމްޓީވީގެ މަސައްކަތަށް ފާޑުކިޔަމުން ނެވެ.
މުއިއްޒުގެ އެމްއެމްޓީވީއިން 35 މިލިއަން ރުފިޔާ ނެގިކަން ރިޕޯޓުކޮށްގެން ޗެނަލް 13 ގެ މައްސަލައެއް ބްރޮޑްކޮމްއިން މިހާރު ވަނީ ބަލަން ނިންމައިފަ އެވެ.